ads
ރާއްޖެއާއި ގަޔާނާއާ ދެމެދު އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން --
ދިވެހިންނަށް ވިސާ ނުލައި ގަޔާނާއަށް ދެވޭ ގޮތް ހަދައިފި
ކުރިން ވިސާ ނެގުމަކާ ނުލައި ގަޔާނާއަށް ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖެހިއްޖެ އެވެ.

މި އެއްބަސްވުންތަކުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ހަލީލެވެ. އަދި ގަޔާނާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ ފޮރިން އެފެއާޒް އެންޑް އިންޓާނެޝަނަލް ކޯޕަރޭޝަން މިނިސްޓަރު ހޫ ހިލްޓަލް ޓޮޑްއެވެ.

މި އެއްބަސްވުމުގެ ދަށުން، ދިވެހިންނަށް ގަޔާނާއަށް ދަތުރުކޮށް ވިސާއާ ނުލައި 30 ދުވަހު ތިބެވޭނެ އެވެ. އަދި ގަޔާނާގެ ރައްޔިތުންނަށް ވެސް ވިސާއާ ނުލައި ރާއްޖެ އައިސް 30 ދުވަހު ތިބެވޭނެ އެވެ. 

ގަޔާނާގައި ވަޒީފާ އަދާކުރުމަށާއި ކިޔެވުމަށާއި ދިގު މުއްދަތަކަށް ތިބުމަށް ދާނަމަ އަދިވެސް ވިސާ ބޭނުންވާނެ ކަމަށްވެސް މިނިސްޓްރީން ބުނެ އެވެ.

ގަޔާނާއަކީ ދެކުނު އެމެރިކާއަށް ނިސްބަތްވާ ގައުމެކެވެ. ދިވެހިރާއްޖެއިން ގަޔާނާއާއެކު ހާރިޖީ ގުޅުން ޤާއިމުކޮށްފައިވަނީ އޭޕްރިލް 13، 1994 ގައެވެ. މިއަހަރު މި ގުޅުމަށް 29 އަހަރު ފުރިގެންދާނެއެވެ.

50%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް