ads
މީމު އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ކުރަނީ: ތަރައްގީގެ މަޝްރޫއުތަކަށް ކުރި ހޭދަ 7.8 ބިލިއަން ރުފިޔާއަށް ވުރެ އިތުރު - ފޮޓޯ:އެމްޓީސީސީ
ތަރައްގީގެ މަޝްރޫއުތަކަށް ކުރަމުން އަންނަ ހޭދަ ހަތް ބިލިއަނުން މައްޗަށް
ދައުލަތުގެ ބަޖެޓުން ތަރައްގީގެ މަޝްރޫއުތަކަށް ނުވަތަ ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) އަށް ކުރި ހޭދަ 7.8 ބިލިއަން ރުފިޔާއިން މައްޗަށް ހިނގައްޖެއެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން:

  • މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ޕީއެސްއައިޕީއަށް 5.2 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައި
  • މި އަހަރުގެ އެ މުއްދަތުގައި 7.8 ބިލިއަން ރުފިޔާ ހޭދަކޮށްފައިވޭ

ތަފާސް ހިސާބުތަކުން ދައްކާގޮތުން ޕީއެސްއައިޕީން އެންމެ ބޮޑު ހަރަދެއް ކޮށްފައިވަނީ އެއާޕޯޓުތައް ތަރައްގީ ކުރުމަށާއި ބިން ހިއްކުމުގެ އިތުރުން ފެނާއި ނަރުދަމާގެ ނިޒާމުތައް ގާއިމުކުރުމުގެ މަޝްރޫއުުތަކަށެވެ.

ސެޕްޓެމްބަރު މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ޕީއެސްއައިޕީން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ:

  • އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުތަކަށް - 1.1 ބިލިއަން ރުފިޔާ
  • ބިން ހިއްކުމުގެ މަޝްރޫއުތަކަށް - 1.1 ބިލިއަން ރުފިޔާ
  • ފެނާއި ނަރުދަމާގެ ނިޒާމުތައް ގާއިމުކުރުމަށް - 989.1 މިލިއަން ރުފިޔާ
  • މަގު ހެދުމުގެ މަޝްރޫއުތަކަށް - 975.3 މިލިއަން ރުފިޔާ
  • ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުތަކަށް - 843.6 މިލިއަން ރުފިޔާ
  • ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް – 602.1 މިލިއަން ރުފިޔާ

މި އަހަރުގެ ޕީއެސްއައިޕީ ބަޖެޓް ބެހިފައިވާ މައިގަނޑު ދާއިރާތަކަށް ބަލާއިރު އެންމެ ބޮޑު ހޭދައެއް ކުރުމަށް ހަމަޖެހިފައިވަނީ ދަތުރުފަތުރާ ގުޅުންހުރި ކަންކަމަށެވެ. އެ ކަަންކަމަށް ޖުމްލަ 2.4 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު، އެކި ރަށްރަށުގެ އެއާޕޯޓުތައް ތަރައްގީ ކުރުމަށް 921.9 މިލިއަން ރުފިޔާ، ބްރިޖް މަޝްރޫއަށް 819.4 މިލިއަން ރުފިޔާ އަދި އެކި ރަށްރަށުގެ ބަނދަރު ހެދުމާއި ތަރައްގީ ކުރުމަށް 395 މިލިއަން ރުފިޔާ ހިމަނާފައިވެއެވެ.

0%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
67%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް