ads
ބާލިން މެރެތަންގައި މިއަދު ދުވާ ބައެއް ދިވެހި އެތްލީޓުން
ބާލިން މެރަތަން 2023 ފެށިއްޖެ
ދުނިޔޭގެ އެންމެ ބޮޑު އަދި އެންމެ ގިނަ ދުވުންތެރިންގެ ސަމާލުކަން ލިބިފައިވާ ބާލިން މެރަތަން 2023، ޖަރުމަންވިލާތުގައި މިއަދު މެންދުރު ފެށިއްޖެއެވެ.

ބާލިން މެރަތަން ފެށުނީ މިއަދު މެންދުރު ރާއްޖޭ ގަޑިން 12:15 ގައެވެ. މި މެރަތަންގައި ގިނަ އަދަދަކަށް ދިވެހިންވެސް ބައިވެރިވެއެވެ. 

2023 ވަނަ އަހަރުގެ މެރަތަން މިއަދު ފެށުނުއިރު، މިދިޔަ އަހަރު އޮތް މެރަތަންގައި ދުނިޔޭގެ އެއްވަނަ އެލިއުޑް ކިޕްޗޯވަނީ ފިރިހެނުންގެ މެރަތަން ރެކޯޑް މުގުރާލާފައެވެ. އެއީ މި ދިޔަ އަހަރުގެ ރޭސް ދެ ގަޑިއިރާއި އެއް މިނެޓް ނުވަ ސިކުންތުން ނިންމައިގެންނެވެ. 

މި ފަހަރުގެ ރޭހުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން 45000 އަށްވުރެ ގިނަ ދުވުންތެރިން ބައިވެރިވެއެވެ. ދުނިޔޭގެ އެންމެ ބޮޑު ހަ ރޭހުގެ ތެރޭގައި ހިމެނޭ ބާލިން މެރެތަންގެ މި ފަހަރުގެ ސީރީސްއަކީ މި ރޭހުގެ 49 ވަނަ ރޭހެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް