ރައީސް ވިދަޅުވެފަ ވަނީ ޓްރެފިކް ޖޫރިމަނާ މާފުކޮށްދިނުމަކީ ގާނޫނަށް އަމަލުކުރުމަށް ރައްޔިތުންނަށް ބާރު އެޅުމަށްޓަކައި ކޮށްދެއްވިކަމެއްކަމަށެވެ. އަދި ޓްރެފިކާ ގުޅޭ އުސޫލުތަކާ ހިލާފުވެގެން ކޮށްފައިވާ ޖޫރިމަނާ ދެއްކުމަށް ލުޔެއް ދިނުމުގެ ގޮތުންކޮށްދެއްވިކަމެއްކަމަށެވެ.
މިގޮތުން މި ޓްރެއިނިން ޕްރޮގްރާމަކީ ފުލުހުން ފަރުމާކޮށްގެން ހިންގާ ޕްރޮގްރާމަކަށާއި، ޕްރޮގްރާމްގެ ދިގުމިނަކީ 20 ގަޑިއިރު ކަމަށް ޓްރާންސް ޕޯޓު މިނިސްޓްރީން ވަނީ ބުނެފައެވެ.
ޕްރޮގްރާމުގަ ބައިވެރިވެވޭނީ ޓްރާންސް ޕޯޓު މިނިސްޓްރީ މެދުވެރިކޮށެވެ. އަދި ޕްރޮގްރާމްގަ ބައިވެރިވާ މީހުންނަށް ޕްރޮގްރާމްގެ ޝެޑިއުލް ހިއްސާކުރާނެއެވެ.
ރައީސް އޮފީހުން މީގެ ކުރިން މިކަމާ ގުޅިގެން ނެރުނު ބަޔާނެއްގައި ބުނީ ގަވާއިދުން ޕާކު ކުރާނެ ޖާގަ ނެތް ނަމަވެސް ޖޫރިމަނާ ކުރަމުން ދާކަމުގެ ޝަކުވާ ލިބިފައިވާކަމަށެވެ.
މީގެއިތުރުން ޓްރެފިކާ ގުޅުންހުރި ޖޫރިމަނާތައް ދެއްކުމަށް ލުއިގޮތެއްވެސް ރައީސް ސޯލިހު މިއަދު ވަނީ ނިންމަވާފައެވެ.
މި ލުއިތަކާއި ޓްރެއިނިން ޕްރޮގްރާމާއެކު ޓްރެފިކް ވައިލޭޝަންތައް ތަކުރާރުވާ މިންވަރު މަދުކުރެވޭނެކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.
ޕާކުކުރާނެ ތަނެއް ނުދައްކައި ސްޓިކާ ނުޖެހުމަކީ ރައީސް ސޯލިހު ވެލައްވާފައިވާ ވައުދެކެވެ. މާލެއަށް ދިމާވެފައިވާ ޕާކިން މައްސަލަ ހައްލުކުރުމަަށް ގިނައަދަދެއްގެ ޕާކިން ޒޯންވެސް ފާއިތުވީ ފަސް އަހަރު ދުވަހު ގާއިމް ކުރިއެވެ. ނަމަވެސް ވެހިކަލްގެ އާބާދީ ކޮންޓްްރޯލް ނުވާތީ ޕާކުކުރާނެ ޖާގަ މާލޭގައި އެކަށީގެންވާ މިންވަރަކަށް އަދިވެސް ނެތެވެ.