ads
ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން: ވިދާޅުވީ އެއް ކޮޓަރީގެ ފްލެޓު ލިބިފައިވިޔަސް އަލުން ގޯއްޗަށާއި ފްލެޓަށް އެދި ކުރިމަތިލެވޭނެ ކަމަށް - ފޮޓޯ:ހައުސިން މިނިސްޓްރީ
"1 ކޮޓަރީގެ ފްލެޓު ލިބުނަސް އަލުން ގޯއްޗަށާއި ފްލެޓަށް ކުރިމަތިލެވޭނެ"
މީގެކުރިން އެއް ކޮޓަރީގެ ފްލެޓުތައް ލިބިފައިވާ ފަރާތްތަކަށްވެސް އަލުން މާލެ ސަރަހައްދުން ފްލެޓާއި ގޯއްޗަށް ކުރިމަތިލެވޭނެ ކަމަށް ފްލެޓާއި ގޯތި ކޮމިޓީގެ ޗެއާމަން އަދި ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވެއްޖެއެވެ.
Advertisement

އަކްރަމް ވިދާޅުވީ އެއް ކޮޓަރީގެ ފްލެޓުތައް ކުރިން ލިބިފައިވާ ފަރާތްތަކާއި ކުރިން ފްލެޓު ލިިބިފައިވާ ފަރާތްތަކުގެ ތެރެއިން ލިބިފައިވާ ފްލެޓު ދޫކޮށްލަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ. އެ ފަރާތްތަކަށް އުތުރު ތިލަފަޅާއި މާލޭ ސަރަހައްދުގައި މިހާރު ހަދަމުންދާ ފްލެޓުތަކަށް އެދި ހުށަހެޅުމުގެ ފުރުސަތު އެބައޮތް ކަމަށް އަކްރަމް ވިދާޅުވިއެވެ.

އަކްރަމް ވިދާޅުވެފައިވަނީ މި ފްލެޓުތަކަށް ދުވަސްވީ ކުދި ފްލެޓުތަކުގައި ދިރިއުޅޭ ފަރާތްތަކާއި މާލޭގައި ސިނަމާލެ ފްލެޓުތައް ލިބިފައިވާ ފަރާތްތަކަށް ކުރިމަތިލެވޭނެ ކަމަށެވެ.

މިދިޔަ ހޮނިހިރު ދުވަހު ސަރުކާރުން ވަނީ ބޯހިޔާވަހިކަމުގެ މައްްްސަލައަށް ހައްލު ހޯދުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން މާލެ ސަރަހައްދުން ގޯއްޗަށާއި ފްލެޓަށް ކުރިމަތިލުމުގެ އިތުރު ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް ނިންމައި އެކަން ހާމަކޮށްފައެވެ.

ހައުސިން މިނިސްްޓްރީން ބުނި ގޮތުގައި މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ސަރުކާރުން ގެންގުޅެމުން އަންނަ ސިޔާސަތުގެ ދަށުން ގޯއްޗަށާއި ފްލެޓު ދޫކުރުމަށް އަނެއްކާވެސް ހުޅުވާލަން ނިންމާފައިވާ ކަމުގައެވެ. އެގޮތުން މާލެ ސަރަހައްދުން އިތުރު 6،000 ފްލެޓާއި 4،500 އަށް ވުރެ ގިނަ ގޯތި ދޫކުރުމަށް ބުދަ ދުވަހުގެ ކުރިން ހުޅުވާލާނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

67%
ކަމުގޮސްފި
17%
އަޑުއެހިތާ މިހުރީ
17%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް