ads
ރައީސް އައްޑުއަށް ފުރާވަޑައިގެންނެވީ ރޭ ދަންވަރު
ރައީސް އައްޑޫ ހިމެނޭހެން އިތުރު ދެ ސިޓީއަކަށް ކެމްޕޭނު ދަތުރުފުޅު ފައްޓަވައިފި
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިނަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދެކުނުގެ ތިން ސިޓީއަކަށް ރޭ ދަތުރުފުޅު ފައްޓަވައިފިއެވެ.
Advertisement

ރައީސް އައްޑުއަށް ފުރާވަޑައިގެންނެވީ ރޭ ދަންވަރުގެ ވަގުތެއްގަ އެވެ. އައްޑުއަށް ފަހު ފުވައްމުލަކާއި ގދ. ތިނަދުއަށް ވެސް ވަޑައިގަތުމަށް ހަމަޖެހިފައިވެ އެވެ.

މިއީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕޭންގައި ރައީސް ސޯލިހު ރަށަކަށް ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ. 

ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރު އަންނަ ހޮނިހިރު ދުވަހު ބާއްވާއިރު ސެޕްޓެމްބަރު 9، ގައި ބޭއްވި އެ އިންތިހާބުގެ ފުރަތަމަ ބުރުގައި މުއިއްޒަށް ވޯޓުލީ އާބާދީގެ 46 ޕަސެންޓު ވޯޓު ލިބިވަޑައިގަތެވެ. ދެ ވަނައަށް ވަޑައިގެންނެވި މިހާރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ 39 ޕަސެންޓް ވޯޓެވެ.

އިންތިހާބުގެ ފުރަތަމަ ބުރުގައި ރައީސް ސޯލިހަށް މެޖޯރިޓީ ލިބިވަޑައިގެންނެވީ އައްޑޫ ސިޓީގެ އިތުރުން ޅ. އަތޮޅާއި އއ. އަތޮޅުންނެވެ.

ރައީސް އައްޑޫ ހިމެނޭހެން އިތުރު ރަށް ތަކަށް ވަޑައިގެންނެވިއިރު، މި އަހަރުގެ ރިޔާސީ އިންތިހާބަށް ސަން ޓްރެވެލް އަހުމަދު ސިޔާމްގެ އެމްޑީއޭ އިން އެމްޑީޕީއާ އެކު ހަދާފައިވާ ކޯލިޝަން ރޫޅާލައި، އިދިކޮޅު ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ތާއީދު ކުރަން ރޭ ވަނީ ނިންމައިފަ އެވެ.

ރައީސާއި އެމްޑީޕީ ދޫކޮށްލި ކަން އެމްޑީއޭ އިން އިއުލާން ކުރިތާ މާ ގިނައިރުތަކެއް ނުވަނީސް ކުރެއްވި ޓުވިޓެއްގައި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވީ، އެމްޑީޕީއަކީ އަބަދުވެސް ގަދަ ކަނޑުގައި ދަތުރުކޮށް، ކުރި ހޯދާ ޕާޓީއެއް ކަމަށެވެ.

"ބަލިކޮށް ނުލެވުނު ހިތްވަރު. ގުޑާނުލެވުނު އަަޒުމް. ކުރިއަށް ކުރިއަށް ބާރަށް ކުރިއަށް،" މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދުގެ އެމްޑީއޭގެ ނިންމުމަށް އިހުތިރާމް ކުރައްވައި އަދި ފުރަތަމަ ބުރުގައި ކުރި ކެމްޕެއިނާއި ބުރަ މަސައްކަތަށް ޝުކުރު ދަންނަވަމުން ފައްޔާޒު ވިދާޅުވި އެވެ.
100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް