ފައްޔާޒު އެމްޑީއޭއަށް ޝުކުރު އަދާކުރެއްވީ، އެމްޑީއޭއިން އެމްޑީޕީގެ ސަރުކާރު ކޯލިޝަނުން މިރޭ ވަކިވާން ނިންމި ނަމަވެސް ކެމްޕޭނުގައި އެ ޕާޓީން އެމްޑީޕީއަށް ފޯރުކޮށްދިން އެހީތެރިކަން ހަނދާކޮށްދެއްވަމުންނެވެ.
ފައްޔާޒް ވިދާޅުވީ އެމްޑީޕީ ދާނީ "ކުރިއަށް ކުރިއަށް ބާރަށް ކުރިއަށް" ކަމަށެވެ. އަދި ހިއްވަރާ އަޒުމު ގުޑުވާނުލެވޭނެކަމަށެވެ.
އެމްޑީއޭއިން މިރޭ އިދިކޮޅު ކޯލިޝަންގެ ލީޑަރު ޑރ. މުހައްމަދު މުއިއްޒުއަށް ތާއީދުކުރަން ނިންމީ އެ ޕާޓީގެ ގައުމީ ކައުންސިލުން ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި ތާއީދު ކުރާނެ ކެނޑިޑޭޓެއް ކަނޑައެޅުމަށް ބޭއްވި ބައްދަލުވުމުންނެވެ.
މިހާރު އެމްޑީޕީއާއެކު ދެ ވަނަ ބުރަށް ކޯލިޝަން ހަދާފަ އޮތީ އަދާލަތު ޕާޓީ އެކަންޏެވެ.