ads
ފުވައްމުލައް ސިޓީގައި ބޭއްވި ޖަލްސާގައި ޑރ. މުއިއްޒު: ވިދާޅުވީ އެ ސިޓީގައި 500 ހައުސިން ޔުނިޓު ހަދައިދީ، ފަތުރުވެރިކަން ފުޅާކޮށްދޭނެ ކަމަށް - ފޮޓޯ:ޕީޕީއެމް
ފުވައްމުލަކުގައި 500 ހައުސިން ޔުނިޓު ހަދައިދީ، ފަތުރުވެރިކަން ފުޅާކޮށްދޭނަން
ފުވައްމުލައް ސިޓީގައި 500 ހައުސިން ޔުނިޓް ހަދައިދީ އެ ސިޓީގައި ފަތުރުވެރިކަން ފުޅާކޮށްދެއްވާނެ ކަމަށް ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
Advertisement

އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕޭނަށް ފުވައްމުލައް ސިޓީއަށް ރޭ ވަޑައިގެން އެ ސިޓީގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ޑރ. މުއިއްޒު ވިދާޅުވީ އޭނާގެ ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި ހުރިހާ ރައްޔިތުންނަށް ގެދޮރުވެރިކަން ކަށަވަރު ވެގެންދާނެ ކަމަށެވެ.

ގެދޮރުވެރިކަމުގެ މަޝްރޫއެއް ފުވައްމުލަށް ސިޓީގައި ކުރިއަށް ގެންދާނެކަން ފާހަގަކުރައްވާ ޑރ. މުއިއްޒު ވިދާޅުވެފައިވަނީ 500 ހައުސިން ޔުނިޓުގެ ހައުސިން މަޝްރޫއެއް ހިންގައި އަތްފޯރާ ފަށުގައި ލިބޭ ގޮތް ހަމަޖައްސައިދޭނެ ކަމަށެވެ. ހައުސިން ލޯނުތައް ފަސޭހައިން ލިބޭނެ ގޮތް ހަދައިދޭނެ ކަމަށް ޑރ. މުއިއްޒު ވިދާޅުވިއެވެ. ޑރ. މުއިއްޒު ވިދާޅުވި ގޮތުގައި ސޯޝަލް ހައުސިން އަގު ބޮޑުވުމަކީ މިހާރު ދިމާވެފައިވާ މައްސަލައެއް ކަމަށާއި އެކަމަށް ހައްލު ހޯދައި އަގު ކުޑަކޮށްދޭނެ ވާހަކަ މީގެ ކުރިންވެސް ފާހަގަކުރައްވާފައިވާނެ ކަމުގައެވެ.

ޑރ. މުއިއްޒު ވިދާޅުވީ ފުވައްމުލައް ސިޓީގައި ފަތުރުވެރިކަމުގެ ފުރުސަތުތައް ފަހިކޮށް، ފުޅާކޮށްދޭނެ ކަމަށެވެ. އެގޮތުން އިންވެސްޓަރުންނަށް ފުރުސަތު ހުޅުވާ އިންޓަގްރޭޓެޑް އިކޯޓޫރިޒަމްގެ އެކިކަހަލަ މަޝްރޫއުތައް ހިންގުމަށްޓަކައި މަގުފަހިކޮށްދިނުމުގެ އިތުރަށް ގިނަ މަޝްރޫއުތައް ހިންގާނެ ކަމަށް ޑރ. މުއިއްޒު ވިދާޅުވިއެވެ.

ޑރ. މުއިއްޒު ވަނީ ފުވައްމުލައް ހޮސްޕިޓަލަކީ އެމްއާރުއައިގެ އިތުރުން ސީޓީ ފަދަ ހިދުމަތްތައް ލިބޭނެ ތަނަކަށް ހަދާނެ ކަމަށް ވިދާޅުވެފައެވެ. އަދި އެ ސިޓީގައި ޑީކޮމްޕްރެޝަން ޗެމްބާއެއް ގާއިމުކޮށްދިނުމަށް ޑރ. މުއިއްޒު ވަނީ ވައުދުވެވަޑައިގެންފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް