ads
ފުލުހުންގެ އޮޕަރޭޝަނެއްގެ ތެރެއިން
ސޭޓާ ޒުވާބުކޮށް ފިހާރައެއްގެ ދޮރު ތަޅާލައިފި
ސޭޓާ ޒުވާބުކޮށް ފިހާރައެއްގެ ދޮރު ތަޅާލި ކަމަށް ތުހުމަތު ކުރެވޭ މީހަކު ހައްޔަރުކޮށްފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާގައި ހައްޔަރުކޮށްފައިވަނީ ދެކުނުގެ ރަށަކަށް ނިސްބަތްވާ ޒުވާން ފިރިހެނެކެވެ. ހައްޔަރުކޮށް އެ މީހާ ކޯޓަށް ހާޒިރުކުރުމުން 15 ދުވަހު ބަންދުކޮށްފައި ބެހެއްޓުމަށްވަނީ މުއްދަތު ދީފައެވެ.

މި މައްސަލައިގައި ހައްޔަރު ކުރި މީހާ ކޯޓުގައި ބުނެފައިވަނީ އޭނާ ރުޅި އައިސްގެން ދޮރުގައި ހިފުނު ގޮތަކުން ދޮރު ތަޅައިގެން ދިޔައީ ކަމަށެވެ. މި މީހާއަކީ ބަންދު ރެކޯޑް އޮންނަ މީހެއްކަން އޭނާގެ ބަންދު އަމުރު ރިޕޯޓުން އެނގެއެވެ.

އުމުރުން 34 އަހަރުގެ މި މީހާގެ މައްޗަށް ފުލުހުން ކުރަނީ މުދަލަށް ގެއްލުން ދިނުމުގެ ތުހުމަތެވެ.

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް