ރައީސް ވިދާޅުވީ ކުރިއަށް އޮތް ފަސް އަހަރު ރާއްޖޭގެ އިގްތިސާދު 170 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށެވެ.
މިގޮތުން ރައީސް ސޯލިހު ވިދާޅުވީ ރާއްޖެއަށް ވަންނަ ޑޮލަރުގެ 30 ޕަސަންޓު ރާއްޖޭގަ ހިފަހައްޓާ ޑޮލަރުގެ އަގު 15 ރުފިޔާއަށް ތިރިކޮށްދެއްްވާނެކަމަށެވެ.
ރައީސް ސޯލިހު ވިދާޅުވީ ކޮންމެ ރައްޔިތަކަށް ވެސް ބޭނުން މިންވަރަކަށް ޑޮލަރު ލިބެން ޖެހޭނެ ކަމަށެވެ. އެހެންކަމުން އެ މަސައްކަތް މި ދައުރުގަ ފެއްޓެވިކަމަށެވެ.
ރައީސް ވިދާޅިވީ ރާއްޖޭގެ އެތެެރޭގެ ހުރިހާ މުއާމަލާތެއް ދިވެހި ރުފިޔާއަށް ބަދަލުކުރެވިއްޖެނަމަ، ރައްޔިތުންނަށް ޑޮލަރު ލިބޭނެކަމަށެވެ.
ޑޮލަރުގެ މައްސަލައަށް ދިމާވެފަވާ މައްސަލައަށް ހައްލު ގެނެސްދެއްވާނެ ގޮތް މެނިފެސްޓޯގައި ވަރަށް ތަފްސީލްކޮށް ހާމަކޮށްފައިވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.