ads
ޑޮލްފިން ކެފޭ: ފޮޓޯ ޓްރިޕް އެޑްވައިޒާ
'ޑޮލްފިން' ކެފޭ އިން މީހަކު ހައްޔަރުކުރި ސަބަބު ކިޔައިދީފި
މާލޭ އިރުމަތީ ކާނިވާ ސަރަހައްދުގަ ހުންނަ "ޑޮލްފިން" ކެފޭ އިން ރޭ ފަތިހު މީހަކު ހައްޔަރު ކުރި ސަބަބު ފުލުހުން ހާމަކޮށްފިއެވެ.

ފުލުހުން ބުނީ އޭނާ ހައްޔަރު ކުރީ މާރާމާރީއާ ގުޅިގެން ނޫންކަމަށެވެ. 

"އެފަދަ ރިޕޯޓެއް ނުލިބޭ. މަސްތުގެ ހާލުގައި ހުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލަ އަކާއި ގުޅިގެން ޑޮލްޕިން ކެފޭ އިން ރޭ ފަތިހު ފުލުހުންގެ ބެލުމުގެ ދަށަށް މީހަކު ގެނެސްފަވޭ،" ފުލުހުން މިއަދު ބުންޏެވެ.

ފުލުހުން މިހެން ބުނެފަ މިވަނީ ޑޮލްފިން ކެފޭގަ މާރާމާރީއެއް ހިންގައިގެން މީހަކު ހައްޔަރުކުރިކަމަށް ބުނެ ސޯޝަލް މީޑިއާގަ ހަބަރުފަތުރަމުން ދަނިކޮށެވެ.

ފުލުހުން ބުނީ އެ މައްސަލަ ތަހުގީގުކުރަމުން އަންނަކަމަށެވެ. 

57%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
43%
ވަރަށް ސަލާމް
ކޮމެންޓްސް