 
                                                                                                
                    މި ހާއްސަ އޮފާގެ ދަށުން ކްލަބް ޕްރިމިއާގެ މެންބަރުންނަށް އޭވިއޭޝަން ސާވިސަސް މެދުވެރިކޮށް ސްރީލަންކާގެ ބަޖެޓް އެއާލައިނެއް ކަމަށްވާ ފިޓްސް އެއާއިން ކޮލޮމްބޯ ދެކޮޅު ދަތުރު ޓިކެޓް 204 ޑޮލަރަށް ލިބޭނެ ކަމަށް އުރީދޫން ބުނެއެވެ.
އުރީދޫން ބުނީ މި ހާއްސަ އޮފާގެ ބޭނުން ހިފުމަށް ކްލަބް ޕްރިމިއާ މެންބަރުން ޓިކެޓް ގަތުމަށް ހ. ގާދޫ ބިލްޑިންގް ދެވަނަ ފަންގިފިލާގައި ހުންނަ އޭވިއޭޝަން ސާވިސަސްއަށް ޒިޔާރަތްކޮށް، އުރީދޫ އެޕްލިކޭޝަން މެދުވެރިކޮށް ޑިޖިޓަލް ކްލަބް ޕްރިމިއަ ކާޑު ދައްކާލަން ޖެހޭނެ ކަމަށެވެ. އޭވިއޭޝަން ސާވިސަސް މޯލްޑިވްސްގެ ޓީމުން ކްލަބް ޕްރިމިއާގެ މެންބަރުންނަށް ޑިސްކައުންޓް ފްލައިޓް ޓިކެޓް ފަސޭހަކަމާ އެކު ކަށަވަރުކޮށްދޭނެ ކަމަށް އުރީދޫން ބުނެއެވެ.
އުރީދޫން ބުނި ގޮތުގައި މި އޮފާ ކުރިއަށް ދާނީ މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ކަމުގައެވެ.