ads
ސީމަނުންނަށް ސީފެއަރަޒް އައިޑެންޓިޓީ ޑޮކިއުމަންޓްގެ ގޮތުގައި ޕާސްޕޯޓު ކާޑުގެ ހާއްސަ ކާޑެއް ދޫކުރަން ވަނީ ފަށާފައި - ފޮޓޯ:ޝަޓާސްޓޮކް
ސީމަނުންނަށް ސީމަން ބުކްގެ ބަދަލުގައި ހާއްސަ ކާޑެއް ދޫކުރަނީ
ސީމަނުންނަށް ސީފެއަރަޒް އައިޑެންޓިޓީ ޑޮކިއުމަންޓް ގޮތުގައި ޕާސްޕޯޓު ކާޑުގެ ހާއްސަ ކާޑެއް ދޫކުރަން މޯލްޑިވްސް އިމިގްރޭޝަނުން ފަށައިފިއެވެ.

އިމިގްރޭޝަނުން ބުނީ އިންޓަނޭޝަނަލް ލޭބަ އޮގަނައިޒޭޝަންގެ 2016 ވަނަ އެމެންޑްމެންޓްގައި ކަނޑައަޅާފައިވާ މިންތަކުގެ މައްޗަށް ބިނާކޮށް ހަދަން ޖެހޭ ސީފެއަރަޒް އައިޑެންޓިޓީ ޑޮކިއުމަންޓަށް ބޭނުންވާ ހާއްސަ މައުލޫމާތު ހިމަނައި އިއްޔެއިން ފެށިގެން ރާއްޖޭގެ ސީމަނުންނަށް ސީފެއަރަޒް އައިޑެންޓިޓީ ޑޮކިއުމަންޓް ގޮތުގައި ޕާސްޕޯޓު ކާޑުގެ ހާއްސަ ކާޑެއް ދޫކުރަން ފަށާފައިވާ ކަމަށެވެ.

ސީމަނުންނަށް ސީފެއަރަޒް އައިޑެންޓިޓީ ޑޮކިއުމަންޓް ގޮތުގައި ޕާސްޕޯޓު ކާޑުގެ ހާއްސަ ކާޑެއް ދޫކުރަން ފެށިއިރު، މީގެކުރިން ދިވެހި ސީމަނުން ބޭނުން ކުރަމުން އައިސްފައިވަނީ 'ސީމަން ބުކް' އެވެ.

'ވޯލްޑް މެރިޓައިމް ޑޭ' އާ ގުޅުވާ މި ކާޑު އިއުލާން ކޮށްދެއްވާ މޯލްޑިވްސް އިމިގްރޭޝަންގެ ކޮންޓްރޯލަ ޖެނެރަލް މުހައްމަދު އަހްމަދު ހުސައިން އެކްސްގައި ވިދާޅުވީ ރާއްޖޭގެ ސީމަނުންނަށް އައިއެލްއޯއިން ކަނޑައަޅާފައިވާ ފެންވަރުގެ އައިޑެންޓިޓީ ޑޮކިއުމަންޓެއް ނެތުމުގެ ސަބަބުން ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހުނު ކަމަށެވެ. އެހެންނަމަވެސް، އިއްޔެއިން ފެށިގެން އެކަމަށް ހައްލެއް ލިބިގެންދާނެ ކަމަށް ކޮންޓްރޯލަ ޖެނެރަލް ވިދާޅުވިއެވެ.

އިމިގްރޭޝަނުން ބުނެފައިވަނީ ސީފެއަރަޒް އައިޑެންޓިޓީ ޑޮކިއުމަންޓް ދޫކުރާނީ މުއްދަތު ހަމަނުވާ ޕާސްޕޯޓެއް އޮތްނަމަ ކަމަށެވެ. މި ކާޑަށް އެދި ހުށަހެޅޭނީ ޓްރާންސްޕޯޓް މިނިސްޓްރީ މެދުވެރިކޮށް ކަމަށް އިމިގްރޭޝަނުން ބުނެއެވެ.

އިމިގްރޭޝަނުން ބުނި ގޮތުގައި ކާޑު ނިމުމުން ދޫކުރާނީ އެ އޮފީހުގެ، ވެލާނާގޭ އެއްވަނަ ފަންގިފިލާގައި ހުންނަ ޕާސްޕޯޓް ސެކްޝަނުން ކަމުގައެވެ. ކާޑާ ހަވާލުވުމަށް ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން ހަވީރު 5:00 އަށް 'ކިއުބީ' މެދުވެރިކޮށް ނަންބަރު ނެގޭނެ ކަމަށް އިމިގްރޭޝަނުން ބުނެއެވެ.

0%
ކަމުގޮސްފި
67%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް