ads
ދިވެހި ފުލުހުން، ފުލުހުންގެ އަޒުމް ކިޔަނީ. ފޮޓޯ: ދިވެހި ފުލުހުންގެ ހިދުމަތް
ފުލުހުންގެ އެލާޓް ލެވަލް އެންމެ މަތީ ދަރަޖައަށް ބަދަލުކޮށްފި
ރިޔާސީ އިންތިހާބާ ގުޅިގެން ދެވަނަ ބުރުގެ ވޯޓުލުން ނިމި ނަތީޖާ އިއުލާނުކުރަން ދެން ދިވެހި ފުލުހުންގެ ޚިދުމަތުގެ އެލަރޓް ލެވަލް ވަނީ އެންމެ މަތީ ދަރަޖައަށް ބަދަލުކޮށްފަކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
Advertisement

ފުލުހުން މިއަދު އިންތިހާބާ ގުޅިގެން އެލާޓް ލެވަލް މަތިކުރީ ކީއްވެކަމެއް ސާފެއް ނުވެއެވެ. 

"ރިޔާސީ އިންތިހާބާ ގުޅިގެން އިއްޔެއިން ފެށިގެން އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން ނިމި ނަތީޖާ އިއުލާނުކުރަން ދެން ދިވެހި ފުލުހުންގެ ޚިދުމަތުގެ އެލަރޓް ލެވަލް ވަނީ އެންމެ މަތީ ދަރަޖައަށް ބަދަލުކުރެވިފަ،" ފުލުހުން މިއަދު ބުންޏެވެ. 

ބުދަ ދުވަހު ފުލުހުން ވަނީ އަމާން ބެލެހެއްޓުމަށް ރަށްރަށަށް ފުރަން ފަށާފައެވެ. މިގޮތުން ބުދަ ދުވަހު ފުރާފަ ވަނީ ރާއްޖޭގެ އުތުރު އަދި ދެކުނުގެ ރަށްރަށް ފޮނުވާ ފުލުހުންނެވެ. 

ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ފުލުހުންގެ ޓީމުތަށް ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގަ ހަރަކާތްތެރިވާނެއެވެ.

މީގެއިތުރުން އެމަޖަންސީ ހަލަތެއްގަ ރަށްރަށް ފޮނުވާނެ ފުލުހުންގެ ޓީމުތައް ވެސް ވަނީ އެކުލަވާލާފައެވެ. 

"ރިޔާސީ އިންތިހާބުގެ ކަންކަން ބެލެހެއްޓުމަށް ފުލުހުން ހަރަކާތްތެރިވަމުންދާނީ ފުލުހުންގެ ގާނޫނުން ފުލުހުންނަށް މަތިކޮށްފައިވާ ތަމްރީނުތަކާ އެކުގަ. އިންތިހާބާ ގުޅޭގޮތުން ދޭންޖެހޭ އެހެނިހެން މައުލޫމާތުވެސް ފުލުހުންނަށް ވަނީ ފޯރުކޮށްދީފަ،" ފުލުހުން ބުންޏެވެ. 

ރިޔާސީ އިންތިހާބުގެ ސަލާމަތީ ކަންކަން ކަށަވަރުކޮށް ބެލެހެއްޓުމަށް ފުލުހުން ދުރާލައި ތައްޔާރީތައް ވެފައިވާއިރު، އިންތިހާބާ ގުޅިގެން ކުރިއަށް ގެންދާ އޮޕަރޭޝަންގެ ކޮމާންޑަރަކަށް ހަމަޖައްސާފައިވަނީ ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހްމަދު ޝާކިރުއެވެ. ޑެޕިއުޓީ ކޮމާންޑަރަކަށް ހަމަޖައްސާފައިވަނީ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހްމަދު މުސްލިމްއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް