ads
ކެމްޕޭނު ނިންމާލުމަށް ދެ ކެނޑިޑޭޓުން ބޭއްވެވި ހިނގާލުމުގެ ތެރެއިން
ކެމްޕޭނު ނިންމާލުމަށް ދެ ފަރާތުން ވެސް ފޯރިގަދަ ހަރަކާތްތަކެއް
ރިޔާސީ އިންތިހާބުގެ ކެމްޕޭނު ނިންމާލުމަށް ރައީސް ސޯލިހާއި އިދިކޮޅު ކެނޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ފޯރިގަދަ ހަރަކާތްތަކެއް ކުރިއަށް ގެންދަވައިފިއެވެ.
Advertisement

މިގޮތުން މުޅި ރާއްޖޭގައިވެސް ދެ ފަރާތުން ވެސް ވަނީ މިއަދު ހަވީރު ފޯރުގަދަ ކެމްޕޭނު ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ. 

މާލޭގަ ވަނީ ހިނގާލުމެއްވެސް ބާއްވާފައެވެ. ދެ ފަރާތުން ބޭއްވި ހިނގާލުމުގައިވެސް ވަރަށް ގިނަ އަދަދެއްގެ ބަޔަކު ވަނީ ބައިވެރިވެފައެވެ. 

ކެމްޕޭނު ނިންމަވާލައްވަމުން ވެރިކަމަށް އަންނަނީ އިންސާފުވެރިކަމާއި ހަމަހަމަކަމާ އެކު ކޮންމެ ރައްޔިތަކަށް ހިދުމަތް ކުރުމަށް ކަމަށް ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިއެެވެ. 

ރައީސް ސޯލިހުވެސް ވަނީ މާދަމާ އޮންނަ އިންތިހާބަކީ ދިވެހިރާއްޖޭގެ މުސްތަގުބަލު ކަނޑައެޅުމަށް މުހިންމު ވޯޓެއްކަމަށާއި، އަނިޔާވެރިކަމަށް އެނބުރި ދާން ބޭނުން ނުވާނަމަ އެމަނިކުފާނަށް ވޯޓ ދެއްވުމަށް އެދިލައްވާފައެވެ. 

މިއަދު ހަވީރު 18:00 އިން ފެށިގެން ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގެ ކެންޕޭނު ހުއްޓާލަން ގާނޫނުން ލާޒިމުވާނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް