މަސްތުވާތަކެތީގެ މައްސަލައެއްގައި މާލޭން ހައްޔަރުކޮށްފައިވަނީ އުމުރުން 55 އަހަރުގެ މީހެކެވެ. އޭނާ ހައްޔަރުކޮށް ކޯޓަށް ހާޒިރު ކުރުމުން، ހަތް ދުވަހު ބަންދުކޮށްފައި ބެހެއްޓުމަށް މިއަދުވަނީ އަމުރުކޮށްފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ހައްޔަރު ކުރި މި އުމުރުން ދުވަސްވީ މީހާގެ ކުޑަކަމުދާތަކެތި ތަހުލީލު ކުރިއިރު، މަސްތުވާ ތަކެއްޗަށް ޕޮޒިޓިވްވެފައިވެއެވެ. މިއީ ކުރިންވެސް ބަންދު ރިކޯޑް އޮންނަ މީހެއް ކަމަށްވެސްވަނީ މައުލޫމާތު ލިބިފައެވެ.
އުމުރުން ދުވަސްވީ މި މީހާއާއެކު މަސްތުވާތަކެތީގެ މައްސަލަގައި ޒުވާން ފިރިހެނުންތަކެއްވެސް ހައްޔަރު ކުރިކަމަށްވަނީ މައުލޫމާތު ލިބިފައެވެ. އުމުރުން ދުވަސްވީ މީހާއާއެކު ހައްޔަރުކޮށްފައިވާ މީހުންގެ ތެރޭގައި އުމުރުން އެންމެ 19 އަހަރުގެ މީހަކުވެސް ހިމެނެއެއެވެ.