އިމްރާން މިރޭ ވިދާޅުވީ އޭނާ ރާއްޖެއިން ފުރައިގެން ދާން އުޅޭކަމަށް ބުނެ ނޫހަކުން ފަތުރަމުން އަންނަ ހަބަރަކީ އެ ނޫހުގެ ފިތުނަ ދޮލަނގަށް އިތުރުކުރި އައިޓަމެއް ކަމަށެވެ.
އިމްރާން އާ ގުޅޭގޮތުން "ދިޔަރެސް" ނޫހުގަ މިރޭ ލިޔެފައިވަނީ، ރިޔާސީ އިންތިހާބުން ރައީސް އިބްރާހީމް ބަލިވެވަޑައިގަންނަވާނެކަން ޔަގީންވެ ހޯމް މިނިސްޓަރު އިމްރާން އަބްދުالله ރާއްޖެ ދޫކޮށް ދިޔުމަށް ނިންމަވާފައިވާކަމަށެވެ.
އެ ނޫހުގަ ބުނެފަވާގޮތުން އިމްރާންގެ ވަރަށް ގާތް ފަރާތަކުން އެ ނޫހަށް މައުލޫމާތުވަނީ ދީފައެވެ. އަދި އިމްރާން އަދި އޭނާގެ އަނބިކަނބަލުން ފާތިމަތު ޔުމްނާ ވަނީ ރާއްޖެއިން ފުރުމަށް ޓިކެޓު ނަންގަވާކަމަށެވެ.
އިމްރާން އަނބިކަނބަލުންނާއެކު ފުރާ ވަޑައިގަންނަވަނީ ތުރުކީއަށް ކަމަށް ވެސް އެ ނޫހުގަ ވަނީ ބުނެފައެވެ.