ads
އެމްޓީސީސީގެ ފެރީއެއް-- ފޮޓޯ: ސަން
އެމްޓީސީސީން ވިލިމާލޭ ރައްޔިތުންނަށް ދަތުރު ކާޑު ހިލޭ ދެނީ
ވިލިމާލެއިން މާލެއަށް ދަތުރުކުރާއިރު ބޭނުންކުރާ، ދަތުރުކާޑު، ވިލިމާލޭގައި އުޅޭ މީހުންނަށް ހިލޭ ދޭން ނިންމާފައިވާ ކަމަށް އެ ދެމެދު ފެރީގެ ހިދުމަތް ދެމުން އަންނަ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ.

އެމްޓީސީސީން ބުނިގޮތުގައި މިގޮތަށް ނިންމާފައި ވަނީ ކޮރޯނާ ވައިރަހުން ރައްކާތެރިވުމަށް، އަޅާ ފިޔަވަޅެއްގެ ގޮތުން، ފައިސާ ގެންގުޅޭ މިންވަރާއި ސިންގަލް ޓޯކަން މަދުކުރުމަށްޓަކަ އެވެ. އެގޮތުން ވިލިމާލޭގެ ރައްޔިތުންނަށް މިއަދުން ފެށިގެން ދަތުރުކާޑު ހިލޭ ލިބޭނެ އެވެ. 

މާލެ ސަރަހައްދުގެ އިތުރުން އަތޮޅު ތެރޭގައި ވެސް ފެރީގެ ހިދުމަތް ދެމުން އަންނަ އެމްޓީސީސީން ވަނީ މިހާރު ފެތުރެމުންދާ ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ގިނަ ފިޔަވަޅުތަކެއް ވެސް އަޅާފަ އެވެ. އެގޮތުން މިހާލަތުގައި ކުންފުނީގެ މުވައްޒަފުންގެ މަސައްކަތް ބައްޓަން ކުރާނެ "ސްޓޭންޑާޑް އޮޕަރޭޓިން ޕްރޮސީޖާ" އެއް ތައްޔާރުކޮށް އެއަށް އަމަލުކުރުމަށް ފަށާފައިވެ އެވެ. 

އޭގެ އިތުރުން ޓިކެޓް ކައުންޓަރުތަކާއި ބަސް އަދި ފެރީތަކުގައި ހޭންޑް ސެނިޓައިޒާ، ފެރީ ޓާމިނަލް ތަކުގެ ފާހަނާތަކުގައި ސައިބޯނި ބޭނުންކުރުމަށް ލިބޭނެ އެވެ. 

އެމްޓީސީސީ އިން ދަނީ ފެރީ އަދި ބަސް ޓާމިނަލް ތަކުގެ ސާފުތާހިރުކަން އިންސްޕެކްޓްކޮށް، ސާފުތާހިރުކަން އިތުރުކުރުމަށް ވެސް މަސައްކަތް ކުރަމުންނެވެ. 

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް