ads
އޮޑެގެއްލާ ރެސްޓޯރަންޓުގައި ފުލުހުން ހަރަކާތްތެރިވަނީ: ފިކުރު ތަފާތުވިޔަސް ނަފްރަތުގެ އަމަލުތައް އިސްކުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށް އެޗްއާރުސީއެމުން ވަނީ ބުނެފައި.
ފިކުރު ތަފާތުވިޔަސް ނަފްރަތުގެ އަމަލުތައް އިސްކުރުމަކީ ކަންބޮޑުވާ ކަމެއް: އެޗްއާރުސީއެމް
ފިކުރު ތަފާތުވާ ހާލަތްތަކުގައި ނަފްރަތުގެ އަމަލުތައް އިސްކުރުމަކީ އެ ކޮމިޝަނުން ކަންބޮޑުވާ ކަމެއް ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ބުނެފިއެވެ.

އެޗްއާރުސީއެމުން ބުނީ ސިޔާސީ ދެބަސްވުންތަކުގައްޔާއި ފިކުރު ތަފާތުވާ ހާލަތްތަކުގައިވެސް އެކަކު އަނެކަކަށް ޖިސްމާނީ އަނިޔާ ދިނުމާއި އަބުރަށް އަރައިގަތުމާއި ނަފްރަތުގެ އަމަލުތައް އިސްކުރުމަކީ އެ ކޮމިޝަނުން ކަންބޮޑުވާކަމެއް ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފާއި ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދަށް ބަޔަކު ހަމަލާދީ އަދިި މި ދެ ހާދިސާ ހިނގި ތަނުގައި ތިބި އާންމު ރައްޔިތުންނަށްވެސް އެކިވަރުގެ ހަމަލާ ދީފައިވާތީ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް އެޗްއާރުސީއެމުން ވަނީ ބުނެފައެވެ.

އެޗްއާރުސީއެމުން ބުނި ގޮތުގައި މި އަމަލުތަކަކީ ގާނޫނީ ގޮތުންވެސް ޖިނާއީ ކުށްތަކެއްކަން ހަނދުމަކޮށްދޭ ކަމަށާއި މިފަދަ މައްސަލަތައް ކަމާ ގުޅުންހުރި އިދާރާތަކުން ވީހާވެސް އަވަހަށް ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް ގޮވާލާ ކަމުގައެވެ.

އެ މައްސަލަަތަކާ ގުޅޭގޮތުން ފުލުހުންގެ ފަރާތުން ބުނެފައިވަނީ ނިހާދު ގައިގައި ޖަހާފައިވާ މައްސަލަ ރިޕޯޓްކޮށްފައިވަނީ މިއަދު 11:45 ގައި ކަމަށެވެ. މަންހަޓަން ބިޒްނަސް ހޮޓެލް ތެރޭގައި ހުއްޓާ ޝަރީފަށް ހަމަލާދީފައިވާ ކަމަށް ކުރި ރިޕޯޓާ ގުޅިގެން ސީންގައި ފުލުހުން ހަރަކާތްތެރިވި ކަމަށްވެސް ބުނެފައިވެއެވެ.

މި މައްސަަލަތައް ފެންމަތިވިއިރު، ޖިނާއީ ކުށްތަކަށް އަރައިގަންނަ ގްރޫޕްތަކުގެ ހަރަކާތްތައް މާލެ ތެރޭގައި މިއަދު އިތުރުވެފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް