ads
ނަބާ
އޭޝިއަން ގޭމްސް: ނަބާ އަންހެން ސިންގަލްސް ގަދަ 16 އަށް
އޭޝިއަން ގޭމްސްގެ ބެޑްމިންޓަން އަންހެން ސިންގަލްސްގެ ގަދަ 16 ގެ ޖާގައެއް ރާއްޖޭގެ ފާތިމަތު ނަބާހާ (ނަބާ) ހޯދައިފިއެވެ.

ޗައިނާގެ ހަންގްޖޯގައި މިހާރު ކުރިއަށްދާ 19 ވަނަ އޭޝިއަން ގޭމްސްގެ ބެޑްމިންޓަން އަންހެން ސިންގަލްސްގެ ގަދަ 16 ގެ ޖާގައެއް ނަބާ ހޯދީ، އަންހެން ސިންގަލްސްގެ ދެވަނަ ބުރުގެ މެޗުގައި އީރާނުގެ ޔެގާނޭ ކެރްމާނީ ބަލިކޮށްގެންނެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗު ނަބާ ކާމިޔާބުކުރީ 2-1 ސެޓުންނެވެ.

މި މެޗުގެ ފުރަތަމަ ސެޓުން ކެރްމާނީ މޮޅުވީ 22-20 ންނެވެ. އެކަމަކު އަނެއް ދެ ސެޓުގައި ނަބާ މޮޅު ކުޅުމެއް ދެއްކިއިރު، އެ ދެ ސެޓު އޭނާ ގެންގޮސްފައިވަނީ 21-13 އަދި 21-17 އިންނެވެ. މި މޮޅާއެކު ގަދަ 16 ބުރަށް ނަބާ ދަތުކުރި ނަމަވެސް، ބެޑްމިންޓަނުގެ ސިންގްލްސް ދެވަނަ ބުރުގައި ކުޅުނު މެޗުތަކުން ރާއްޖޭގެ އެހެން ކުޅުންތެރިން ވަނީ ބަލިވެފައެވެ. އާމިނަތު ނަބީހާ (ނަބީ) ބަލިވީ ކޮރެއާގެ ކިމް ގޯޔުން އަތުން ސީދާ ދެ ސެޓުންނެވެ. މި މެޗުގެ ސެޓުތައް ދިޔައީ 21-1 އަދި 21-2 އިންނެވެ.

ފިރިހެން ސިންގަލްސްގެ ދެވަނަ ބުރުގެ މެޗުން ރާއްޖޭގެ ހުސެއިން ޒަޔާން ޝަހީދު ޒަކީ ބަލިވީ ތައިލެންޑުގެ ކަޓަޕޮން ވަންގްޗަރެއޮން އަތުން ސީދާ ދެ ސެޓުންނެވެ. މި މެޗުގެ ސެޓުތައް ދިޔައީ 21-3 އަދި 21-5 އިންނެވެ. ފިރިހެން ސިންގަލްސްގެ ދެވަނަ ބުރުގައި ރާއްޖޭގެ އަޙްމަދު ނިބާލު ބަލިވީ ސިންގަޕޫރުގެ ޖޭސަން ޓޭ އަތުން ސީދާ ދެ ސެޓުންނެވެ. މެޗުގެ ސެޓުތައް ޖޭސަން ކާމިޔާބުކޮށްފައިވަނީ 21-8 އަދި 21-12 އިންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް