ads
ދިރާގުގެ 35 ވަނަ އަހަރީ ދުވަސް ހާއްސަ އޮފާތަކަކާ އެކު ފާހަގަކުރުމަށް އެ ކުންފުނިން ވަނީ ނިންމާފައި - ފޮޓޯ:ދިރާގު
ހާއްސަ އޮފާތަކަކާ އެކު ދިރާގުގެ 35 ވަނަ އަހަރީ ދުވަސް ފާހަގަކުރަނީ
ދިވެހިރާއްޖޭގެ ގުޅުން (ދިރާގު) ގެ 35 ވަނަ އަހަރީ ދުވަސް ހާއްސަ އޮފާތަކަކާ އެކު އެ ކުންފުނިން ފާހަގަކޮށްފިއެވެ.
Advertisement

މި އޮފާތައް އިއުލާނުކޮށްފައިވަނީ މިއަދު ދިރާގު ހެޑް އޮފީހުގައި އެ ކުންފުނިން ބޭއްވި ހާއްސަ ޕްރެސް ކޮންފަރެންސެއްގައެވެ.

މި ޕްރެސް ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން ދިރާގުގެ ޗީފް ކޮމާޝަލް އޮފިސަރު އަލީ ރިޔާޒް ވަނީ ވޭތުވެދިޔަ އަހަރުތަކުގައި ކަސްޓަމަރުން ދިރާގަށް ކުރަމުން އަންނަ އިތުބާރަށް ޝުކުރު އަދާކުރައްވާފައެވެ.

"ދިރާގުގެ 35 ވަނަ އަހަރު ފާހަގަކުރަމުންދާއިރު، އަޅުގަނޑުމެންގެ ހުރިހާ ކަސްޓަމަރުންނާއި ޕާޓްނަރުން އަދި ހިއްސާދާރުން އަޅުގަނޑުމެންނާ އެއްކޮށް ތިއްބަވާ އެބޭފުޅުންގެ ޑިޖިޓަލް ދަތުރުގައި އަޅުގަނޑުމެން ހިޔާރުކުރެއްވިކަމަށްޓަކައި ވަރަށް އިހްލާސްތެރިކަމާ އެކު ޝުކުރު ދަންނަވަން. ޑިޖިޓަލް ރާއްޖެއެއް ބިނާކޮށް ގައުމު ކުރިއެރުވުމުގައި އަޅުގަނޑުމެން މި ކުރަމުންދާ މަސައްކަތަކީ އެބޭފުޅުންގެ އެއްބާރުލުމާނުލާ ހާސިލް ނުކުރެވޭނެ ކަމެއްކަން ޔަގީން،" - ދިރާގުގެ ޗީފް ކޮމާޝަލް އޮފިސަރު އަލީ ރިޔާޒް

މީގެ އިތުރުން ޑިޖިޓަލް މުސްތަގްބަލުގައި ކަސްޓަމަރުން ކުރި އެރުމަށް އެންމެފަހުގެ ޓެކްނޮލޮޖީތައް ގެނެސްދޭނެ ކަމަށާއި ކަސްޓަމަރުންނަށް މެދުނުކެނޑި، ފެންވަރު ރަނގަޅު ހިދުމަތް ފޯރުކޮށްދިނުމުގައި ދެމިތިބޭނެކަމަށްވެސް އަލީ ވަނީ ވިދާޅުވެފައެވެ.

"ދިރާގަކީ ޒިންމާދާރު ކޯޕަރޭޓް ގަވަނަންސްގައި އިސްކޮށް ހަރަކާތްތެރިވާ ކުންފުންޏެއް. އެގޮތުން އަޅުގަނޑުމެންގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރު) ޕްރޮގްރާމުގެ ދަށުން އަޅުގަނޑުމެން މިދަނީ ރާއްޖޭގެ ތިމާވެއްޓަށް އަޅާލުމާއި ކުންފުނީގެ މުވައްޒަފުން ބިނާކުރުމާއި ދިވެހި ޒުވާނުން ކުރިއަރުވާ ބާރުވެރިކުރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން. އަދި ރާއްޖޭގައި އެންމެ ފުރަތަމަ ސަސްޓެއިނަބިލިޓީ ފަންކްޝަނެއް ގާއިމުކުރި އެއް ކުންފުނީގެ ހައިސިއްޔަތުން، އަޅުގަނޑުމެންގެ އަމާޒަކީ ޑިޖިޓަލް ހިދުމަތް ދޭ ކުންފުންޏެއްގެ އިތުރުން ޒިންމާދާރު މުއައްސަސާއެއްގެ ގޮތުގައިވެސް ކުރިއެރުން،" - ދިރާގުގެ ޑިރެކްޓަރު ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް، މުހައްމަދު މިރްޝާން ހަސަން

your imageހާއްސަ އޮފާތަކަކާ އެކު ދިރާގުގެ 35 ވަނަ އަހަރީ ދުވަސް ފާހަގަކުރަނީ - ފޮޓޯ:ދިރާގު

ދިރާގުގެ 35 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން އެ ކުންފުނިން ވަނީ މިއަދުގެ ޕްރެސް ކޮންފަރެންސްގައި މުޅިން އާ ތިން އޮފާއެއް ލޯންޗުކޮށްފައެވެ. އެއީ: 

ރީލޯޑް ބޮނަންޒާ: ދިރާގު އެޕް މެދުވެރިކޮށް 50 ރުފިޔާ ނުވަތަ އެއަށް ވުރެ މަތީގެ ރީލޯޑް ކުރާ ކަސްޓަމަރުންނަށް 35 ޖީބީއާ ހަމައަށް ހިލޭ މޯބައިލް ޑޭޓާ ލިބޭނެ. 24 ގަޑިއިރަށް ލިބޭ މި ހިލޭ ޑޭޓާ ކަސްޓަމަރުންނަށް ދިރާގު އެޕް https://bit.ly/Dhiraagu-App މެދުވެރިކޮށް ހޯދޭނެއެވެ. 

ހިލޭ ރައުޓަ އަޕްގްރޭޑް: ހުރިހާ ކަސްޓަމަރުންނަށްވެސް ރަނގަޅު ހޯމް އިންޓަނެޓް ލިބޭނެ މަގުފަހިކޮށްދިނުމުގެ ގޮތުން ޝަރުތު ހަމަވާ ކަސްޓަމަރުންނަށް މިހާރު ބޭނުންކުރާ ރައުޓަތައް ހިލޭ އަޕްގްރޭޑް ކުރެވޭނެ. އަދި ދިރާގު އެޕް https://bit.ly/Dhiraagu-App މެދުވެރިކޮށް ކަސްޓަމަރުންނަށް އެފަރާތްތަކުގެ ޝަރުތު ހަމަވޭތޯ ނޫންތޯ ބަލާލެވޭނެ.

ދިރާގު އީ-ޒޯން: މުޅިން އަލަށް ތައާރަފުކުރާ ދިރާގު އީ-ޒޯން ޕްލެޓްފޯމާ އެކު ކަސްޓަމަރުންނަށް ފަސޭހަކަމާ އެކު ތަފާތު ކޮންޓެންޓް ސަބްސްކްރައިބްކޮށް، ގޭމިން އަދި މުނިފޫހިފިލުވުމާ ގުޅުންހުރި އިތުރު ގިނަ ހިދުމަތްތަކެއް އެއްތަނަކުން ލިބޭނެ. އަދި މި ޕްލެޓްފޯމް އަލަށް ލޯންޗުކުރުމުގެ އޮފާއެއްގެ ގޮތުން އޮކްޓޫބަރު މަހުގެ ނިޔަލަށް ކަސްޓަމަރުންނަށް ކޮންމެ ހަފުތާއަކު ހިލޭ މިނީ ގޭމް ސަބްސްކްރިޕްޝަންތަކެއް ލިބޭނެ. މީގެ އިތުރުން ކުރިއަށް އޮތް ދުވަސްތަކުގައި މި ޕްލެޓްފޯމަށް އާ ކޮންޓެންޓާއި ފީޗާތައް އިތުރުވަމުންދާނެ. ކަސްޓަމަރުންނަށް ދިރާގު އެޕް މެދުވެރިކޮށް ދިރާގު އީ-ޒޯންއަށް އެކްސެސްވެވޭނެ.

މީގެ އިތުރުން ދިރާގުން ވަނީ މުޅި އޮކްޓޫބަރު މަހަށް ބަހާލައިގެން ސިލްސިލާ ޕްރޮމޯޝަންތަކެއް ލޯންޗުކުރާނެ ކަމަށް އިއުލާންކޮށްފައެވެ.

ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޯމޭޝަން ދަތުރުގެ އިސްސަފުގައި ދެމިތިބުމަށާއި ރާއްޖޭގައި ދިރިއުޅޭ މީހުންގެ ދިރިއުޅުން މުއްސަނދިކޮށް، ޑިޖިޓަލް މުސްތަގުބަލެއްގައި އެފަރާތްތަކަށް ކުރިއެރުމަށް މަގުފަހިކޮށްދިނުމަށް ކަމަށް އެ ކުންފުނިން ބުނެއެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް