ads
ކުރީގެ މެންބަރު މުހައްމަދު އަބްދުﷲ އާއި ރައީސް ޔާމީންގެ ތަރުޖަމާނުކަންކުރެއްވި އިބްރާހީމް މުއާޒް
ބްރޯޑްކޮމް ލިސްޓުން މުއާޒު ކަޓާއި މުހަންމާ ލިސްޓުގެ ފަހަތަށް
ބްރޮޑްކާސްޓިން ކޮމިޝަނަށް އައްޔަންކޮށްދޭން ރައީސް ޑރ. މުއިއްޒު ރައްޔިތުން މަޖިލިހަށް ފޮނުއްވި ލިސްޓުގެ ކުރީގައި އޮތް ކުރީގެ މެންބަރު މުހައްމަދު އަބްދުﷲ އާއި ރައީސް ޔާމީންގެ ތަރުޖަމާނުކަންކުރެއްވި އިބްރާހީމް މުއާޒް އެ ލިސްޓުން ކަޓައިފިއެވެ.
Advertisement

ކޮމިޝަނަށް ދެ މެމްބަރުން އައްޔަންކުރަނީ މިޝަންގެ ރައީސަކަށް ހުންނެވި މަރިޔަމް ވަހީދާ އާއި މެންބަރު އަލީ ޔޫސުފްގެ ދައުރު ހަމަވެފައިވާތީ އެވެ.  

އެ މަގާމުތަކަށް ހުޅުވާލުމުން 12 ފަރާތަކުން ވަނީ ކުރިމަތިލިއެވެ. ކުރިމަތިލި ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތައް ރައީސް އިސްކަން ދެއްވި ތަރުތީބުން ރައީސް މަޖިލިހަށް ފޮނުވި ލިސްޓުގެ އެންމެ ކުރީގައި އޮތީ މުހައްމަދު އަބްދުﷲ އާއި އިބްރާހީމް މުއާޒްގެ ނަމެވެ.

ކޮމިޝަނަށް ކުރިމަތިލީ ފާރާތްތަކާއި އިންޓަވިއުކުރުމަށްފަހު މިނިވަން މުވައްސާތަކުގެ ކޮމެޓީން އެކުލަވާލި ލިސްޓުގައި މިހާރު އެންމެ ކުރީގައި އޮތީ ކުރިންވެސް ކޮމިޝަންގެ މެމްބަރުކަން ކުރެއްވި އާމިނަތު ސަރާހަތު އިއްޒަތެވެ. އޭނާ އޮތީ ރައީސް މަޖިލިހަށް ފޮނުވި ލިސްޓުގެ ހަތް ވަނާގައެވެ. ސަރާހަތު ލިސްޓުގެ ކުރީގައި އޮތީ 89 އިންސައްތަ މާކްސްއާއި އެކުއެވެ. 

ދެވަނައަށް އެންމެ ގިނަ މާކްސް ލިބިގެން ލިސްޓުގައި ދެވަނާގައި މިހާރު އޮތީ ޝިފްޒާ މުސްތަފާއެވެ. ރައީސް ފޮނުވި ލިސްޓިގެ 10 ވަނާގައި އޮތް ޝިފްޒާ ކޮމެޓީގެ ލިސްޓުގެ ދެވަނާގައި އޮތީ 79 އިންސައްތަ މާކްސްއާއި އެކުއެވެ. 

ބްރޯޑްކޮމްއަށް އައްޔަންކުރަން ރައީސް އެދިވަޑައިގެން މަޖިލިހަށް ފޮނުވި ލިސްޓުގެ އެންމެ ކުރީގައި އޮތް މުހައްމަދު އަބްދުﷲ (މުހަންމާ ) އަށް ލިބުނީ 79 އިންސައްތަ މާކްސްއެވެ. އޭއާި އެކު އޭނާ ވަނީ ލިސްޓުގެ ތިންވަނަ އަށް ވެއްޓިފައެވެ. ކޮމިޝަނަށް އައްޔަންކުރަން ފެންނަ ލިސްޓުގެ ދެވަނާގައީ ރައީސް ހިމެނުއްވި މުއާޒްއަށް ލިބުނީ 68 އިންސައްތަ މާކްސްއެވެ. އެއާއި އެކު އޭނާ ވަލީ ލިސްޓުގެ ހަތްވަނަ އަށް ވެއްޓި އެ މަގާމަށް އައްޔަންކުރުމުގެ ފުރުސަތު ގެއްލިފައެވެ.  

މިނިވަން މުއައްސަސާތަކުގެ މަގާމުތަކަށް މީހުން އައްޔަންކުރަން އެންމެ ގާބިލު ކަމަށް ބަލަނީ ކޮމެޓީގެ އިންޓަވިއުން އެވަރޭޖުކޮށް 75 އިންސައްތަ އިން މަތިން މާކްސް ލިބޭ މީހުންނެވެ. އަދި ރުހުން ދިނުމަށް ވޯޓަށް އަހަން މަޖިލީހުގެ ތަޅުމަށް ފޮނުވަނީވެސް އެ މިންވަރަށް މާކްސް ލިބޭ މީހުންގެ ނަންތަކެވެ.

ބްރޯޑްކޮމަށް އައްޔަންކުރަން މަޖިލިހަށް ރައީސް ފޮނުއްވި ލިސްޓުގެ އެންމެ ކުރީގައި މުހަންމާއާއި މުއާޒުގެ ނަން އޮތުމުން އެކަމަށް އިދިކޮޅު އެމްޑީޕީގެ އިތުރުން ގިނަ ބައެއްގެ ފާޑުކިޔުންތައް ސަރުކާރަށް އަމާޒުވިއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް