ads
ރައީސް މިއަދު ނޫސްވެރިންނާ ބައްދަލުކުރެއްވުން: ވިދާޅުވީ ފަސް އަހަރުގެ ކާމިޔާބީގެ ލިސްޓް ތަރުތީބުކުރަން އަދި އަވަސް ކަމަށް - ފޮޓޯ:ރައީސް އޮފީސް
ރާއްޖެއަށް އެންމެ ރަނގަޅީ ރިޔާސީ ނިޒާމް: ރައީސް ސޯލިހު
ދިިވެހިރާއްޖެއަށް އެންމެ ރަނގަޅީ ރިޔާސީ ނިޒާމުކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހު މިރޭ އެމްޑީޕީގެ ގައުމީ މަޖިލީހުގަ ވާހަކަ ދައްކަވަމުން ވިދާޅުވީ، ރިޔާސީ އިންތިހާބުން ބަލިވި ސަަބަބުތަކާ ގުޅޭގޮތުން ވާހަކަ ދައްކަވަން ބޭނުންނުވާކަމަށެވެ. އަދި ރާއްޖޭގަ އޮންނަ އެންމެ ރަނަގަޅު ނިޒާމަކީ ރިޔާސީ ނިޒާމުކަމަށެވެ. 

"މި ދެ ނިޒާމުގަ ރަނގަޅުކަންތަކާ ގޯސް ކަންތައްތަކެއް ހުރި ނަމަވެސް، މި ރާއްޖެއަށް އެންމެ ރަނގަޅު ނިޒާމަކީ ރިޔާސީ ނިޒާމުކަމަށް އަޅުގަނޑަށް ގަބޫލުކުރެވެނީ. އަޅުގަނޑުގެ ތާއީދު ވެސް އޮތީ ރިޔާސީ ނިޒާމާއެކީ،" ރައީސް ސޯލިހު މިރޭ ވިދާޅުވިއެވެ. 

ރައީސް މިރޭ ވިދާޅުވީ އިދިކޮޅު ސިޔާސީ ޕާޓީއެއް ގޮތުގަ އޮވެގެން މެމްޑީޕީއަށް މާރަނގަޅަށް މަސައްކަތް ކުރެވޭ ކަމަށެވެ. 

"އަޅުގަނޑުމެން ބަލިވިކަމުގާވިއަސް އެއީ އަޅުގަނޑުމެންނާ ގުޅޭގޮތުން ވަރަށް ގިނަ ދޮގުތަކެއް ފަތުރައިގެން ކުރިކަމެއް. އިރާދަ ކުރެއްވިއްޔާ ވަރަށްް އަވަހަށް އެ ދޮގުތަށް ހާމަވެގެން ދާނެ،" ރައީސް ސޯލިހު ވިދާޅުވިއެވެ. 

ރައީސް ވިދާޅުވީ އެމްޑީޕީން ދެން މަސައްކަތް ކުރަންވީ ކުރިއަށް އޮތް ރައްތިތުންގެ މަޖިލީހުގެ އިންތިހާބު ކާމިޔާބުކުރަން ކަމަށެވެ. އަދި އެމްޑީޕީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރަން ވެސް މަސައްކަތް ކުރާނެކަމަށް ވެސް ރަޢީސް މިރޭ ވިދާޅުވިއެވެ.

އެމްޑީޕީން މިރޭ ބާއްވާ ގައުމީ މަޖިލީހަކީ ދިވެހިރާއްޖޭގައި އޮންނަން ފެންނަ ނިޒާމަކާ ގުޅޭގޮތުން ނެގުމަށް ހަމަޖެހިފައިވާ ވޯޓާ ގުޅޭގޮތުން އެ ޕާޓީން ގޮތެއް ނިންމުމަށް ބާއްވާ ބައްދުލުވުމެކެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް