ads
ދުނިޔޭގެ ރޭންކިންގެ އެއްވަނަ ކުޅުންތެރިޔާ، ދެކުނު ކޮރެއާގެ އަން ސޭ ޔަންގް
އޭޝިއަން ގޭމްސް: ގަދަ 16 ގައި ނަބާ ބަލިވީ ދުނިޔޭގެ 1 ވަނަ އަތުން
އޭޝިއަން ގޭމްސްގެ ބެޑްމިންޓަން އަންހެން ސިންގަލްސްގެ ގަދަ 16 ގައި، ދިވެހި އެއްވަނަ ކުޅުންތެރިޔާ ފާތިމަތު ނަބާހާ އަބްދުއްރައްޒާގު، ދުނިޔޭގެ ރޭންކިންގެ އެއްވަނަ ކުޅުންތެރިޔާ، ދެކުނު ކޮރެއާގެ އަން ސޭ ޔަންގް އާ ދެކޮޅަށް ކުޅެ ބަލިވެއްޖެއެވެ.

ދުނިޔޭގެ ރޭންކިންގެ އެއްވަނަ ކުޅުންތެރިޔާ، ދެކުނު ކޮރެއާގެ އަން ސޭ ޔަންގް އާ ދެކޮޅަށް މިއަދު ކުޅުނު ގަދަ 16 ގެ މެޗުގައި ނަބާހާ ވަނީ 21-4، 21-5 އިން ބަލިވެފަ އެވެ. ދުނިޔޭގެ ރޭންކިންގައި ނަބާހާ އޮތީ 205 ވަނައިގަ އެވެ. 

your imageނަބާ

ޗައިނާގެ ހަންގްޖޯގައި މިހާރު ކުރިއަށްދާ 19 ވަނަ އޭޝިއަން ގޭމްސްގެ ބެޑްމިންޓަން އަންހެން ސިންގަލްސްގެ ގަދަ 16 ގެ ޖާގައެއް ނަބާ ހޯދީ، އަންހެން ސިންގަލްސްގެ ދެވަނަ ބުރުގެ މެޗުގައި އީރާނުގެ ޔެގާނޭ ކެރްމާނީ ބަލިކޮށްގެންނެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗު ނަބާ ކާމިޔާބުކުރީ 2-1 ސެޓުންނެވެ.

މި މެޗުގެ ފުރަތަމަ ސެޓުން ކެރްމާނީ މޮޅުވީ 22-20 ންނެވެ. އެކަމަކު އަނެއް ދެ ސެޓުގައި ނަބާ މޮޅު ކުޅުމެއް ދެއްކިއިރު، އެ ދެ ސެޓު އޭނާ ގެންގޮސްފައިވަނީ 21-13 އަދި 21-17 އިންނެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް