ads
ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލުގެ އިސްތިއުފާއަށް ގޮވައި އެ ސްކޫލުގެ ކައިރީގައި ބެލެނިވެރިންތަކެއް ކުރި އިހުތިޖާޖު - ފޮޓޯ:މީސްމީޑިއާ
އޭދަފުށީގަ މުޒާހަރާ ކުރަނީ
ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލުގެ އިސްތިއުފާއަށް ގޮވައި އެ ސްކޫލުގެ ކައިރީގައި ބެލެނިވެރިންތަކެއް އިހުތިޖާޖުކޮށްފިއެވެ.
Advertisement

ބ. އޭދަފުށީގައި ހުންނަ އެ އަތޮޅު، އަތޮޅު ތައުލީމީ މަރުކަޒުގެ ކުރިމަތީގައި އިއްޔެ މެންދުރުފަހު ކުރިއަށްދިޔަ އެ އިހުތިޖާޖުގައި ބައިވެެރިވި ފަރާތްތަކުން ވަނީ އެ ފަރާތްތަކުގެ ހުރި ޝަކުވާތައް ހިމެނޭ ބޯޑުތައް ބޭނުންކޮށްފައެވެ.

އިހުތިޖާޖުގައި ބައިވެެރިވި ފަރާތްތަކުން މައިގަނޑު ގޮތެއްގައި ކަންބޮޑުވުން ފާޅުކޮށްފައިވަނީ އެ ސްކޫލުގެ ޕްރިންސިޕަލުގެ އަހުލާގީ މިންގަނޑު ގެއްލިފައިވާ ކަމަށް ބުނެއެވެ. އެ ފަރާތްތަކުން ބުނެފައިވާ ގޮތުގައި ޕްރިންސިޕަލުގެ އަމަލުތަކަކީ އަލަށް ދިމާވެގެން އުޅޭ ކަމެއް ނޫން ކަމުގައެވެ. އަދި އެ ކަންކަމަކީ ގިނަ ބަޔަކަށް އެނގޭ، މީހުންގެ ތެރޭގައި ދެކެވޭ ވާހަކަތަކެއް ކަމަށް އެ ފަރާތްތަކުން ބުނެފައިވެއެވެ.

އެ ސްކޫލުގެ ޕްރިންސިޕަލާ ގުޅޭގޮތުން މީސްމީޑިއާގައިވެސް ބައެއް ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން ސްކޫލު ކުދިންނަށް ނަމޫނާ ދައްކަން ޖެހޭ ފަދަ މަގާމެއްގައި ހުރި ފަރާތަކުން އެފަދަ ކަމެއް ކުރީމާ މަގާމުން ސަސްޕެންޑްކޮށް މައްސަލަ ބަލަން ޖެހޭނެ ކަމަށް ވަނީ ބުނެފައެވެ.

"ޒިންމާދާރު ވަޒީފާގައި ތިބޭ މީހުން މުޖުތަމައުއަށް އަހުލާގީ ނަމޫނާ ނުދެއްކޭނަމަ އެ ވާހަކަ ދައްކަން އެހާ ބިރުގަންނަނީ ކީއްވެބާ؟ އެ ވަޒީފާގައި ހުންނަން އެ މީހަކު ކުފޫ ހަމަވޭބާ؟ އަދި ނިކުންނަނީ ރިވެތި ވެށިން ތަރުބިއްޔަތު ކުރަން ޖެހޭ ދަރިވަރުންގެ ކުރިމައްޗަށްވިއްޔާ އަހުލާގީ މިންގަޑަކީ ކިހާ އިސްކަމެއް ދޭން ޖެހޭ ކަމެއްކަން އެނގެނީ ކިތައް މީހުނަށްބާ!،" މި މައްސަލަ އާ ގުޅިގެން ކަންބޮޑުވުން ފާޅުކުރި ފަރާތަކުން ލިޔެފައިވެއެވެ.

ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލްގެ އަހުލާގީ މައްސަލައަކާ ގުޅިގެން ޕްރިންސިޕަލާ މެދު ގިނަ ޝަކުވާތަކެއް ކުރަމުންދާއިރު، އެޑިއުކޭޝަން މިނިސްޓްރީގެ އޮފިޝަލަކު "ސީއެންްއެމް" އަށް ވިދާޅުވީ ފެންމަތިވެގެން އުޅޭ މައްސަލައިގެ މަސްލަހަތު އޮތް ފަރާތަށް އެ މިނިސްޓްރީން ވަނީ އިރުޝާދު ދީފައި ކަމަށެވެ.

38%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
63%
ވަރަށް ސަލާމް
ކޮމެންޓްސް