ads
އިންތިހާބީ ރައީސް ޑރ. މުއިއްޒު ސަރުދީ ސަފީރާ ބައްދަލުކުރެއްވުން
ވައުދުތައް ފުައްދަވަން ސައުދީގެ އެހީތެރިކަމަށް ވެސް މުއިއްޒު އެދިވަޑައިގެންފި
ރިޔާސީ އިންތިހާބުގަ ކުރިއަށް އޮތް ފަސް އަހަރު ދުވަހަށް ޑރ. މުހައްމަދު މުއިއްޒު ވެލައްވާފައިވާ ވައުދުތަކަށް ފުއްދެވުމަށް ސައުދީ އަރަބިއްޔާގެ އެހީތެރިކަމަށް އެމަނިކުފާނު އެދިލައްވައިފިއެވެ.

އެމަނިކުފާނު މިހެން އެދިލެއްވީ، ސަޢުދީޢަރަބިއްޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު، އިހުތިރާމުގެ ޒިޔާރަތެއްކުރެއްވުމުންނެވެ. 

މި ބައްދަލުވުމުގައި، އިންތިހާބީ ނައިބު ރައީސްވެސް ބައިވެރިވެވަޑައިގެންނެވިއެވެ. 

ބައްދަލުވުމުގައި، އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ދައުރުގައި، ސައުދީއަރަބިއްޔާއާ އެކު އޮންނަ ގުޅުން މިހާރަށްވުރެ ހަރުދަނާކުރެވި، އާ ހަރުފަތަކަށް ގެންދެވުމަށް އުއްމީދުކުރައްވާކަމަށް ވިދާޅުވިކަމަށް އެމަނިކުފާނުގެ ތަރުޖަމާން ވިދާޅުވިއެވެ. 

"ދިވެހިރާއްޖެއަކީ އިސްލާމީ ޤައުމަކަށްވާތީ، އަރަބި އިސްލާމީ ގައުމުތަކާ އޮންނަ ގުޅުން މިހާރަށްވުރެ ބަދަހިކުރުމަށް އެދިވަޑައިގަންނަވާކަމަށްވެސް ފާހަގަކުރެއްވި. ސަޢުދީޢަރަބިއްޔާގެ އެހީތެރިކަމާއެކު ދިވެހިރާއްޖޭގައި ކުރިޔަށްގެންގޮސްފައިވާ އަދި މިހާރުވެސް ކުރިޔަށްދާ މަޝްރޫޢުތަކަށް ޝުކުރުއަދާކުރެއްވި،"

އާ ސަރުކާރުން ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވަޢުދުތައް ފުރިހަމަކުރެއްވުމުގައި، ސަޢުދީޢަރަބިއްޔާގެ އެހީތެރިކަމާއި ބައިވެރިވުމަށް އެދިވަޑައިގެންނެވިކަމަށް އެމަނިކުފާނުގެ އިންތިގާލީ ތަރުޖަމާން، މުހައްމަދު ފިރްޒުލް އަބްދުﷲ ހަލީލް ވިދާޅުވިއެވެ. 

ސަޢުދީއަރަބިއްޔާ ސަފީރުގެ ވާހަކަފުޅުގައި، ދިވެހިރާއްޖެއާ ސަޢުދީއަރަބިއްޔާއަކީ އެއްގޮތަށް ވުރެ ގިނަ ގޮތުން ގުޅިފައިވާ ދެ ޤައުމުކަން ފާހަގަކުރެއްވިއެވެ. މި ގުޅުންތައް އިތުރަށް ބަދަހިކުރުމަށް ދެ ފަރާތުން ގުޅިގެން ކުރެވެންހުރި މަސައްކަތްތަކަށާއި، ދިވެހިރާއްޖޭގެ ތަރައްގީއަށް ބޭނުންވާ އެކި ދާއިރާތަކުން ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަންދެއްވިކަމަށް ވެސް ފިރްޒުލް ވިދާޅުވިއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް