ދީމާވަނީ، އޮލިމްޕިކްސްއަށް އެންމެ ފުރަތަމަ ކޮލިފައިވީ ދިވެހި އެތްލީޓުގެ މަގާމު ހޯދާފައެވެ. އެކަން ފާހަގަކޮށް ޗަމްޕީ ވިދާޅުވީ، އޮލިމްޕިކް ގޭމްސްއިން ވައިލްޑް ކާޑު ފުރުސަތު ލިބެމުން އައި އައުމަށް ބަދަލެއް ގެނެސް، އާ މިސްރާބަކަށް ދިވެހި ކުޅިވަރު ގެނެސްދިނީ ދީމާ ކަމަށެވެ.
ޗަމްޕީ ވިދާޅުވީ އޮލިމްޕިކްސްއަށް ކޮލިފައިވުމަކީ ދިވެހި އެތުލީޓަކަށް ނުވާނެ ކަމެއް ކަމަށް މީގެ ކުރިން ހީކުރެވުނު ނަމަވެސް، އެއީ ވާނެ ކަމެއްކަން ދީމާ މިއަދު ސާބިތުކޮށްދީފައިވާ ކަމަށެވެ.
"އަޅުގަނޑުމެން ހީކުރިން މި އޮލިމްޕިކްސްގައި މިއީ އަޅުގަނޑުމެންނަށް އަތުނުވާނެ އެއްޗެއް ކަމަށްވެސް. އެހެން ނަމަވެސް މިއަދު މި އޮތީ ދީމާ، މިއީ ކުރެވޭނެ ކަމެއް ކަމަށް، ވާނެ ކަމެއް ކަމަށް ދައްކުވައިދީފައި. ދީމާއަށް އަޅުގަނޑުމެންގެ ފަރާތުން ވަރަށް ބޮޑު ޝުކުރެއް"