އެކްސިޑެންޓުވީ އޭނާ ދުއްވަން އިން ސައިކަލާއި ކާރެއް ޖެހިގެންނެވެ. އާއިލާއިން ބުނީ އުމުރުން 74 އަހަރުގެ އަހުމަދު މަނިކު އަދިވެސް އޮތީ އައިސީޔޫގަކަމަށެވެ.
މި އެކްސިޑެންތު ހިނގީ ރޭ އިރާކޮޅު ބޮޑުތަކުރާފު ނަމުން ޗައިނާ އެންބަސީ ސަރަހައްދުގައެވެ.
މިއެކްސިޑެންޓާއި ގުޅިގެން އިތުރަށް ބަލަންޖެހޭކަންކަން ބަލައި، ތަހުގީގުކުރަމުން އަންނަކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އިއްޔެ މާލޭއާއި ހުޅުމާލެއާ ދެމެދު އޮންނަ ހައިވޭގަވެސް ވަނީ ހަތަރު ކާރު ޖެހިގެން އެކްސިޑެންޓެއް ހިނގާފައެވެ. ގިނަ ވަގުތުތަކަށް ހައިވޭ ޓްރެފިކްވެ ބްލޮކް ވެސް ވިއެވެ.