ރެޑްވޭވް މޯލް އާއެކު ކުރިއަށްގެންދާ މި ސްޓްރެޓެޖިކް ޕާޓްނާޝިޕްގެ މަގުސަދަކީ ކަސްޓަމަރުންނަށް މޯލްގައި ޝޮޕިން ކުރާއިރު ލުއިފަސޭހަކަމާއި އުރީދޫގެ ހިދުމަތްތައް ފޯރުކޮށްދިނުމަށް ކަމަށް އުރީދޫން ބުނެއެވެ.
އުރީދޫން ބުނެފައިވަނީ ރެޑްވޭވް މޯލްގައި ހުޅުވުނު ޝޮޕުން ޝޮޕް ކައުންޓަރުން ޕްރީޕެއިޑް، ޕޯސްޓްޕެއިޑް ސިމް ކާޑު ގަތުމާއި އުރީދޫ ބިލްތައް ދެއްކުމާއި ސުޕަނެޓްގެ ހިދުމަތް ހޯދުމާއި 5ޖީ ބްރޯޑްބޭންޑްގެ ހިދުމަތް ހޯދުމުގެ އިތުރުން އެންމެފަހުގެ ޕްރޮމޯޝަންތަކުގެ މައުލޫމާތު ލިބިގެންދާނެ ކަމަށެވެ. ހަމަ އެ އާއެކު ކޭޝްލެސް އަދި އަވަސް ޕޭމަންޓް ސޮލިއުޝަންއެއް ފޯރުކޮށްދިނުމަށް ރެޑްވޭވް މޯލް އަދި ރެޑްވޭވްގެ އެހެން ފިހާރަތަކުން ވިޔަފާރި ކުރާ ފަރާތްތަކަށް އެމް-ފައިސާ މެދުވެރިކޮށް ފައިސާ ދައްކާލެވޭނެ ކަމަށް އުރީދޫން ބުނެއެވެ. އުރީދޫން ބުނި ގޮތުގައި މިއީ އުރީދޫގެ އައުޓްލެޓަކަށް އިތުރު ދަތުރެއް ނުކޮށް ރެޑްވޭވް މޯލުން ވިޔަފާރިކުރަން ދާ ފަރާތްތަކުގެ އަގުހުރި ވަގުތު ސަލާމަތްކޮށް، ފަސޭހަކަމާ އެކު ހުރިހާ ހިދުމަތެއް އެއްތަނަކުން ފޯރުކޮށްދިނުމަށް ހުޅުވިފައިވާ ޝޮޕެއް ކަމުގައެވެ.
ރެޑްވޭވް މޯލްގެ ޖެނެރަލް މެނޭޖަރު، މުހައްމަދު ޝުޖާއު މި ޕާޓްނާޝިޕާ ބެހޭގޮތުން ވިދާޅުވީ އުރީދޫ މޯލްޑިވްސްއަށް ރެޑްވޭވް މޯލަށް މަރުހަބާ ކިޔުމަކީ އެ މޯލަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
ރެޑްވޭވް މޯލްގައި ހުންނަ އުރީދޫ މޯލްޑިވްސްގެ ޝޮޕް-އިން-ޝޮޕް ކައުންޓަރު ހުޅުވާފައި ހުންނަނީ މޯލްގެ އާންމު ވިޔަފާރި ކުރާ ގަޑިތަކުގައި ކަމަށް އެ ކުންފުނިން ބުނެއެވެ. އުރީދޫން ބުނެފައިވަނީ މި ކައުންޓަރުގެ ސަބަބުން ވިޔަފާރިކުރާ ފަރާތްތަކަށް ފަސޭހަކަމާ އެކު ޓެލެކޮމިއުނިކޭޝަންސްގެ ހިދުމަތްތައް ލިބިގެންދާނެ ކަމަަަށެވެ.