ads
އިމްތިޔާޒް ފަހުމީ
ގައުމު ހަމަޖެހޭނީ އެމްޑީޕީ ސަރުކާރުގެ ކޮރަޕްޝަން ބެލިގެން: އިންތި
ދިވެހިރާއްޖެއަށް ހަމަޖެހުން އަންނަނީ މޫނަށް ކަނދުރާއަށް ބެލުމެއްނެތި އެމްޑީޕީ ސަރުކާރުގެ ކޮރަޕްޝަނާ ވައްކަންތައް ބަލައި ތަހުގީގު ކުރެވިގެންކަމަށް، ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ވިދާޅުވެއްޖެއެވެ.

އިމްތިޔާޒް މިއަދު ވިދާޅުވީ އެމްޑީޕީން ވެރިކަމަށް އައީ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރަން ވައުދުވެގެން ކަމަށެވެ. ނަމަވެސް، ވެރިކަން ލިބުމާއެކު، އެމްޑީޕީން ވެރިކަން ކުރި ފަސް އަހަރު ވެފައިވަނީ ވައްކަމުގެ ފަސް އަހަރު ކަމަށެވެ. 

"ކޮރަޕްޝަން ބަލަން އައި ސަރުކާރެއްކަމަށް ބުނެ، ވެރިކަމަށް އައުމަށް ފަހު އެމްޑީޕީ ވައްކަމުގެ ނެޓްވޯކަކަށް ބަދަލުކޮށްލި،"

އިންތި ވިދާޅުވީ މޫނަށް ކަނދުރާއަށް ބެލުމެއްނެތި އެ މައްސަލަތައް ބަލައިގެން ނޫނީ ގައުމަށް ހަމަޖެހުމެއް ނުލިބޭނެކަމަށެވެ. 

އިންތި ނިސްބަތްވާ ދަ ޑިމޮކްރެޓްސް ޕާޓީގެ އިންތިގާލީ ޗެއާޕާސަން ހަސަން ލަތީފް ވެސް ވަނީ މި ނިމޭ ސަރުކާރުން ކޮރަޕްޝަނުގެ އަމަލުތަކެއް ހިންގަވާފައިވާކަމަށް ތުހުމަތުކުރައްވައި އެ މައްސަލަތައް ބެލުމަށް އެދިލައްވާފައެވެ. 

އެމްޑީޕީ ސަރުކާރުގެ ކޮރަޕްޝަނުގެ މައްސަލަތައް ބެލުމަށް ދަ ޑިމޮކްރެޓްސް އިން ގޮވާލާފައިވާއިރު، އެމްޑީޕީން އަންނަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ވެއްދުމަށް މަސައްކަތްކުރަމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް