ads
ޓްރީ ޓޮޕް ހޮސްޕިޓަލުން ވަނީ ފުރަތަމަ ފަހަރަށް ދާއިމީ ޕޭސްމޭކާ އިމްޕްލާންޓްކޮށް، އެ ޕްރޮސީޖާ ކާމިޔާބު ކޮށްފައި - ފޮޓޯ:ޓްރީ ޓޮޕް ހޮސްޕިޓަލް
ޓްރީ ޓޮޕް ހޮސްޕިޓަލުގަ ފުރަތަމަ ފަހަރަށް ދާއިމީ ޕޭސްމޭކާ އިމްޕްލާންޓްކޮށްފި
ޓްރީ ޓޮޕް ހޮސްޕިޓަލުން ފުރަތަމަ ފަހަރަށް ދާއިމީ ޕޭސްމޭކާ އިމްޕްލާންޓްކޮށް، އެ ޕްރޮސީޖާ ކާމިޔާބުކޮށްފިއެވެ.
Advertisement

ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނީ ޕްރޮސީޖާ ކާމިޔާބުކުރީ ކޮންޑަކްޝަން ސިސްޓަމް ނުވަތަ ހިތުގެ ސިގްނަލް ފޮނުވައިދޭ ނިޒާމުގެ ޕޭސިން ރާއްޖޭގައި މުޅިން އަލަށް ތައާރަފު ކޮށްގެން ކަމަށެވެ. އެ ޕްރޮސީޖާ ކާމިޔާބުކަމާ އެކު ފުރިހަމަ ކުރުމުގައި އިސްކޮށް އުޅުއްވީ އެ ހޮސްޕިޓަލުގެ ކާޑިއޮލޮޖިސްޓު ޑރ. މިގްދާތު ޝަރީފާއި ޑރ. އަމިތު އަގަރްވާލް ކަމަށް ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނެއެވެ.

މި ޕޭސިން ޕްރޮސީޖަރަކީ ހިތުގެ ސިގްނަލް ފޮނުވައިދޭ ނިޒާމަށް ސީދާ ބާރުފޯރުވައިގެން ހިތުގެ ވިންދު ރެގިއުލޭޓް ކުރުމަށް އާޓިފިޝަލް އިލެކްޓްރިކަލް ސްޓިމިއުލޭޝަން ބޭނުންކުރާ ޕްރޮސީޖަރެކެވެ.

ކޮންޑަކްޝަން ސިސްޓަމް ޕޭސިން ޕްރޮސީޖަރުގައި ހިތުގެ ސިގްނަލް ފޮނުވައިދޭ ނިޒާމުގެ ތެރޭގައި ހާއްސަ ލީޑްތަކެއް ބަހައްޓާފައިވާ ކާޑިއަކް ޕޭސްމޭކަރުތަކެއް ހިމެނެއެވެ.

އެ ޕޭސިން ޑިވައިސްތަކުން ހިތުގެ މަސްގަނޑު ސްޓިމިއުލޭޓް ކުރުމަށް އިލެކްޓްރިކަލް އިމްޕަލްސްތައް އުފައްދައި، އެކަށީގެންވާ ރޭޓެއްގައި ހިތުގެ ވިންދު ބެލެހެއްޓޭކަން ކަށަވަރު ކޮށްދެއެވެ. އެ ޕްރޮސީޖަރަކީ އާދައިގެ ކާޑިއެކް ކޮންޑަކްޝަން އެކްޓިވޭޓްކޮށް، ކަނާތު އަދި ވާތު ވެންޓްރިކަލްސް ނުވަތަ ހިތުން ލޭ ޕަމްޕްކުރާ ޗެމްބަރުތައް ސިންކްރޮނައިޒްޑް ކޮންޓްރެކްޝަން ފޯރުކޮށްދޭ ފިޒިއޮލޮޖިކަލް ޕޭސިންއެކެވެ.

your imageޓްރީ ޓޮޕް ހޮސްޕިޓަލުން ވަނީ ފުރަތަމަ ފަހަރަށް ދާއިމީ ޕޭސްމޭކާ އިމްޕްލާންޓްކޮށް، އެ ޕްރޮސީޖާ ކާމިޔާބު ކޮށްފައި - ފޮޓޯ:ޓްރީ ޓޮޕް ހޮސްޕިޓަލް

ޕޭސިން އޮޕަރޭޝަން ކުރާ މީހުންނަށް، އޮޕަރޭޝަނަށްފަހު ބޭނުންވާ "އާފްޓާ ކެއާ" ގެ ފަރުވާ ޓްރީ ޓޮޕް ހޮސްޕިޓަލުން ފޯރުކޮށްދެއެވެ. އެއީ އެ ހޮސްޕިޓަލާއި މެޑްޓްރޮނިކް ޕްރައިވެޓް ލިމިޓެޑުން ގުޅިގެން ދޭ ހިދުމަތެކެވެ. ހިދުމަތް ދިނުމަށް އެ ކުންފުނިން ސާމާނު ފޯރުކޮށްދެއެވެ.

އަލަށް ތައާރަފުކޮށް، ފުރަތަމަ ފަހަރަށް އެ ޕްރޮސީޖާ ކާމިޔާބުކޮށް ފުރިހަމަ ކުރުމަކީ އެ ހޮސްޕިޓަލަށް ލިބުނު ބޮޑު ކުރިއެރުމެއްގެ ގޮތުގައި ޓްރީ ޓޮޕް ހޮސްޕިޓަލުން ފާހަގަކުރެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް