ads
އިމްތިޔާޒް ފަހުމީ
"ރައީސް ނަޝީދު ރާއްޖެ ވަޑައިގަތަ ނުދޭން ސަރުކާރުން މަސައްކަތް ކުރި"
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ފެށުނުއިރު، ރައީސް ނަޝީދު ހުންނެވީ އަމިއްލަ ފުޅަށް އިނގިރޭސި ވިލާތައް އަރުވާލެވިކަމަށާއި، އޭރު އެމަނިކުފާނު އަނބުރާ ރާއްޖެ ވަޑައިގަތުމަށް ސަރުކާރުން ހުރަސް އެޅިކަމަށް މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ވިދާޅުވެއްޖެއެވެ.
Advertisement

އިންތި 'ދަ ހައުސް އޮފް ޑިމޮކްރެޓްސް' ގަ ބޭއްވި ހަރުގެ ބައްދަލުވުމުގަ ހޮނިހިރު ދުވަހު ބޭއްވި ޖަލްސާގަ ވާހަކަ ދައްވަމުން ވިދާޅުވީ، އަބްދުالله ގާޒީ ހައްޔަރުކުރި މައްސަލައިގަ ރައީސް ނަޝީދުގެ މައްޗަށް އޭރު އޮތް 13 އަހަރުގެ ޖަލު ހުކުމުގެ މައްސަލަ ނިންމާލުމަށް މިހާރު ނިމެނުން އަންނަ އެމްޑީޕީ ސަރުކާރުން އޭރުވެސް މަސައްކަތް ނުކުރިކަމަށެވެ. 

އެހެންކަމުން ރައީސް ނަޝީދު އޭރު ރާއްޖެ ވަޑައިގަތީ "ވީހާލެއްގަ ވާން" ކަމަށް ވެސް އިންތި ވިދާޅުވިއެވެ. 

"ޔާމީންގެ ސަރުކާރުގައި ޖަލަށްލި ސިޔާސީ ލީޑަރުން މިނިވަންކުރަން ވަރަށް އަވަސް މަސައްކަތްތަކެއް މި ސަރުކާރު ބަދަލުވެ ކުރިޔަސް ނަޝީދާ މެދު ކަންތައް ކުރެއްވީ ބޭއިންސާފުން،" -އިންތި-

ރައީސް ނަޝީދު ރާއްޖެ ވަޑައިގަނެވޭނެ ދުވަހެއް އެހުމުން ސަރުކާރުން "ހަމަ ހިލާ އަޑުވެސް އަހާނުލި،" ކަމަށް އިންތި ވިދާޅުވިއެވެ.  

އެހެންކަމުން ރައީސް ނަޝީދު ވަޑައިގަތީ ވީހާލެއްގަވުމަށް ކަމަށް ވެސް އިންތި ވިދާޅުވިއެވެ. 

ރައީސް ނަޝީދު ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުން ދުރުކުރުމަށް އެމްޑީޕީން އަންނަނީ މަސައްކަތްކުރަމުންނެވެ. 

5%
ކަމުގޮސްފި
42%
އަޑުއެހިތާ މިހުރީ
5%
ސަތޭކައަކުން ސުމެއް
47%
ވަރަށް ސަލާމް
ކޮމެންޓްސް