ads
ތިނަދޫ މަރިޔަމް ދީދީ— ފޮޓޯ: ހުވަދޫ ނިއުސް
ތިނަދޫގެ ރަން އަޑު މަރިޔަމް ދީދީ ނިޔާވެއްޖެ
ރަން އަޑުގެ ވެރިޔާ މަރިޔަމް އަހްމަދު ދީދީ(މަރިޔަމްދީދީ) ނިޔާވެއްޖެ އެވެ.

ގދ. ތިނަދޫ/ސްޓަލިން، މަރިޔަމަ ދީދީ ނިޔާވީ އުމުރުފުޅުން 73 އަހަރުގައި މިއަދުގެ ހަވީރުގެ ވަގުތެއްގަ އެވެ. މަރިޔަމް ދީދީގެ ކަށުނަމާދު އޮންނާނީ ތިނަދޫ މަސްޖިދު ތަގްވާގައި މާދަމާ މެންދުރު ނަމާދަށްފަހު އެވެ.

ފެނުމުން މަހުރޫމްވެފައިވާ މަރިޔަމްދީދީގެ އެންމެ ހާއްސަ އެއް ލަވައަކީ،"ލޯފަން ކުއްޖެއްގެ ހިތުގެ ސާބިތުކަން" އެވެ. އެ ލަވާގައި އެފަދަ ކުއްޖެއްގެ ހިތުގެ ވޭންތައް ވަރަށް ފުރިހަމައަށް ސިފަކޮށްދީފައިވާއިރު އެއީ މިއަދުވެސް އެ ލަވައެއް އިވުމުން އެތަށް ބަޔަކު ރޮއްވާލާފަަދަ އަސަރުގަދަ ލަވަ އެކެވެ. 

ތިނަދޫއަށް ހާއްސަކޮށް ހަދާފައިވާ "ރޫހު ވަނީ ތިނަދޫގައޭ" މިލަވަ އަކީވެސް ވަރަށް މަގުބޫލު ލަވަ އެކެވެ. އެ ލަވާގައި ތިނަދޫގެ ރީތިކަމާ ހައިބަތު ވަރަށް ރަނގަޅަށް ސިފަކޮށްދީފައިވާއިރު، މަރިޔަމްދީދީގެ އަޑުން އެ ލަވަ ކިޔާދީފައިވާ ގޮތް ހިތްގައިމުވެފައި ނަލަ އެވެ.

މަރިޔަމްދީދީ ނިޔާވުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވެސް ވަނީ ތައުޒިޔާ ވިދާޅުވެފަ އެވެ. ތައުޒިޔާ ވިދާޅުވެ އެކްސްގައި ނަޝީދު ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، މަރިޔަމްދީދީގެ ހުނަރު ދައްކަވާފައިވަނީ ހަމައެކަނި ލަވަ ވިދާޅުވުމުގައި ނޫން ކަމަށާއި، އެއީ އިސްލާހީ މަސައްކަތުގައިވެސް މުހިންމު ދައުރެއް އަދާކުރެއްވި ކަނބަލެއް ކަމަށެވެ.  

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް