ads
އިޒްރޭލުން ދެމުންގެންދާ ހަމަލާތަކުގައި ބިމާހަމަވެފައިވާ އިމާރާތެއް: އެމް-ފައިސާ މެދުވެރިކޮށް ފަލަސްތީނަށް އެހީތެރިވުމުގެ ފުރުސަތު އުރީދޫން ވަނީ ހުޅުވާލާފައި - ފޮޓޯ:މަހްމޫދު އެފް އަޖުއްރް
އެމް-ފައިސާ މެދުވެރިކޮށް ފަލަސްތީނަށް އެހީތެރިވުމުގެ ފުރުސަތެއް
އިޒްރޭލުން ފަލަސްތީނަށް މިހާރު ދެމުންގެންދާ ހަމަލާތަކުގައި އަނިޔާވާ ފަރާތްތަކަށާއި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު އުރީދޫ މޯލްޑިވްސްއިން ހުޅުވާލައިފިއެވެ.

އިޒްރޭލުން ފަލަސްތީނަށް މިހާރު ދެމުންގެންދާ ހަމަލާތަކުގައި ގައްޒާއިން މިހާތަނަށް 560 މީހުން ޝަހީދުވެ، 2,900 އަށް ވުރެ ގިނަ މީހުން ޒަހަމްވެފައިވާއިރު، ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުރުސަތު އުރީދޫން ވަނީ ހުޅުވާލާފައެވެ.

އެމް-ފައިސާ މެދުވެރިކޮށް ފަލަސްތީނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް:

  • އުރީދޫ އެޕް މެދުވެރިކޮށް ore.do/mf އެމް-ފައިސާއަށް ލޮގިންކޮށްލާ
  • ސްމާޓް ޕޭ ހިޔާރު ކުރުމަށްފަހު، ކިއުއާރު ސްކޭންކޮށްލާ
  • އެހީގެ ގޮތުގައި ދޭން ބޭނުންވާ އަދަދު ޖެހުމަށްފަހު، ޕޭމަންޓް ފުރިހަމަކޮށްލާ

އުރީދޫން ބުނި ގޮތުގައި ހުރިހާ ނެޓްވޯކެއްގެ ކަސްޓަމަރުންނަށްވެސް އެމް-ފައިސާ މެދުވެރިކޮށް ފަސޭހަކަމާ އެކު އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުރުސަތު އޮންނާނެ ކަމަށާއި އެމް-ފައިސާ މެދުވެރިކޮށް ލިބޭ އެހީ ހާލުގައި ޖެހިފައިވާ ފަރާތްތަކަށް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) މެދުވެރިކޮށް ކަމަށެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް