ކިޕްޗޯގޭ މެރަތަން ވޯލްޑް ރެކޯޑް، ކެލްވިން ކިޕްޓަމް މުގުރާލައިފި
ސްޕޯޓްސް ޓީމް
10 އޮކްޓޯބަރ 2023 - 09:59:26
އެލިއުޑް ކިޕްޗޯގޭ މެރަތަން ވޯލްޑް ރެކޯޑް، ކެންޔާގެ ކެލްވިން ކިޕްޓަމް މުގުރާލައިފިއެވެ.
ކިޕްޗޯގޭ މެރަތަން ވޯލްޑް ރެކޯޑް، ކެލްވިން ކިޕްޓަމް މުގުރާލީ އާދިއްތަ ދުވަހު ޝިކާގޯ މެރަތަންގައި ދުވެގެންނެވެ. ކެންޔާގެ ކެލްވިން ކިޕްޓަމް ދުނިޔޭގެ އާ ރެކޯޑް ހެދީ، ކިޕްޗޯގޭގެ ކުރީގެ ވަގުތަށް ވުރެ 30 ސިކުންތަށް ވުރެ ކުރި ހޯދައިގެންނެވެ.
އުމުރުން 23 އަހަރުގެ ކެލްވިން ކިޕްޓަމް ޝިކާގޯ މެރަތަން ނިންމާލީ ދެ ގަޑިއިރާއި 35 ސިކުންތުންނެވެ.
"އަހަރެންނަށް ވަރަށް އުފާވެރިކަން އިހުސާސް ކުރެވެނީ. ރޭސް ފެށިއިރު، މިއަދު އަހަރެންގެ ސިކުނޑީގައި ދުނިޔޭގެ ރެކޯޑެއް ނެތް،" 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ބާލިންގައި ހެދި ކިޕްޗޯގޭގެ ދެ ގަޑިއިރު، އެއް މިނިޓާ ނުވަ ސިކުންތުން ހެދި ރެކޯޑް މުގުރާލުމަށް ފަހު ކެލްވިން ކިޕްޓަމް ބުންޏެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް