ads
އިންތިހާބުގެ ކެމްޕެއިނުގެ ތެރޭގައި ބޭއްވި ޖަލްސާއެއްގައި އިމްރާން ވާހަކަދައްކަވަނީ: ވިދާޅުވީ މުއިއްޒަށް ގުޅުއްވައި ހެޔޮ ގޮތުގައި ހުންނެވުމަށް ނަސޭހަތްތެރިވެފައިވާ ކަމަށް - ފޮޓޯ:އެމްޑީޕީ
މިއީ މުސްލުމު އުންމަތް އެއްބައިވާންވީ ވަގުތު: އިމްރާން
މުޅި އުންމަތް އެއްބައިވެ އެކަތިކަނޑަކަށް ވާންވީ ވަގުތު ޖެހިފައިވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

އިސްރާއީލުން ފަލަސްތީނަށް ދެމުން އަންނަ ހަމަލާތަކާ ގުޅިގެން، އިމްރާން ވިދާޅުވީ، ފަރުދީ ތަފާތު ތަކާ މަސްލަޙަތުތައް އެއްފަރާތް ކޮށްގެން މެނުވީ އުންމަތުގެ ކަރާމަތާއި،ޝަރަފާ، އިއްޒަތް ސަލާމަތްވާނެ ހަމަ އެއްގޮތެއްވެސް ނެތްކަމަށެވެ.

"ކޮންމެ މުސްލިމަކު އެމީހެއްގެ ދައުރު ފުރިހަމައަށް އަދާކުރުމަށް އެދެން،" 

ހޮނިހިރު ދުވަހު ހަމާސް ޖަމާއަތުން އިޒްރޭލަށް ދިން ކުއްލި ހަމަލާއަށްފަހު އިޒްރޭލުން އަންނަނީ ގައްޒާއަށް ބޮންއަޅައި އެތައް ބަޔަކު މަރާލަމުންނެވެ. 

ހަމާސް ޖަމާއަތުން ދީފައިވާ ހަމަލާތަކުގަ 700 ވަރަކަށް އިޒްރޭލު މީހުން މަރުވެފައިވާއިރު، އިޒްރޭލުން ދެމުން އަންނަ ހަމަލާތަކުގެ ސަބަބުން ފަލަސްތީނުގެ 1000 އަށްވުރެ ގިނަ މީހުން މަރުވެފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ. 

މި ހަމަނުޖެހުން އިތުރަށް ބޮޑުވެ، ދެ ފަރާތުން ވެސް އިތުރު މީހުން މަރުވުމަކީ އެކަށީގެންވާކަމެކެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް