ads
އައިޖީއެމްއެޗް ހޮސްޕިޓަލް
ނަމާދު ގެ އާ ގުޅޭގޮތުން ހަގީގަތާ ހިލާފު ވާހަކަ ނުފަތުރަން އެދިއްޖެ
އައިޖީއެމްއެޗު ގެ ނަމާދުގެއާ ގުޅޭގޮތުން ހަގީގަތާ ހިލާފު ވާހަކަ ނުފެތުރުމަށް އެ ހޮސްޕިޓަލުން މިއަދު އެދިއްޖެއެވެ.
Advertisement

އެ ހޮސްޕިޓަލުން ބުނީ ނަމާދުގެ ކުރިން ހުރި ތަނަކީ ރޭޑިއޮލޮގީ ޑިޕާޓްމެންޓާއި ޖެހިގެން ހުރިތަން ކަމަށްވާތީ، އެތަނަކީ ޕެޓް ސްކޭން މެޝިން ބެހެއްޓުމަށް ސާވޭ ކުރެވިފައިވާ ތަނެއް ކަމަށެވެ.

"އެތަނުގައި މިވަގުތު ބަހައްޓާފައިވަނީ އެ ހޮސްޕިޓަލުގެ އޮޕަރޭޝަން ތިއޭޓަރުތައް ރިނޮވޭޓް ކުރުމުގެ މަސައްކަތް ކުރިއަށްދާތީ އެކަމަށް ބޭނުްނވާ ސާމާނު،" 

އެހޮސްޕިޓަލުން ބުނީ ދަރުމަވަންތަ އިމާރާތް ހުޅުވުނު ފަހުން ރޭޑިއޮލޮޖީ ޑިޕާޓްމެންޓު ކައިރީ ހުރި ނަމާދުގެ ބަދަލުކޮށްފަ ވަނީ ދަރުމަވަންތް އިމާރާތުގެ 5 ވަނަ ފަންގިފިލާއަށް ކަމަށެވެ. 

"އެއީ ކުރީގެ ނަމާދުގެއަށް ވުރެ އެތައް ގުނައެއް ޖާގަ ތަނަވަސް ފުރިހަމަ ތަނެއް. ދަރުމަވަންތަ އިމާރާތުގެ ނަމާދުގެއަށް ވަދެވެނީ އައިޖީއެމްއެޗުގައި އޯޕީޑީ ހިނގަމުންދާ ވަގުތުތަކުގައި ކަމުގައިވާތީ، ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވާ ބަލިމީހުންގެ އެހީތެރިންނަށް ފަސޭހައަކަށް ހޮސްޕިޓަލުގެ ވޯޑުތަކުގައި ވެސް ނަމާދު ކުރެވޭނެ އިންތިޒާމު ހަމަޖެހިފައިވާނެ،"އައިޖީއެމްއެޗް ބުނެ އެވެ.

ހޮސްޕިޓަލުގެ ބަހެއް ހޯދުމެއް ނެތި ހަގީގަތާ ހިލާފު ވާހަކަ ފަތުރަުންދާ ދިއުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް ވެސް އެ ބަޔާނުގައި ބުނެފއިވެއެވެ. 

83%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
17%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް