ads
ހުޅުމާލޭ 3 ވަނަ ފިޔަވަހި ހިއްކަމުންދާ ސަރަހައްދު--- ފޮޓޯ: އާބަންކޯ
ހުޅުމާލޭ ފޭސް 3ގެ ފުރަތަމަބައި ހުކުރު ދުވަހަށް ނިމޭނެ: އާބަންކޯ
ހުޅުމާލޭ 3 ވަނަ ފިޔަވަހީގެ ފުރަތަމަ ބައި(އޭރިއާ އޭ) އަންނަ ހުކުރު ދުވަހާ ހަމައަށް ނިންމާލެވޭނެ ކަމަށް އާބަންކޯއިން ބުނެފި އެވެ.

އާބަންކޯއިން މިރޭ ބުނީ ހުޅުމާލެ 3 ވަނަ ފިޔަވަހި ހިއްކުމުގެ މަސައްކަތް ކުރިއަށްދާއިރު މިހާތަނަށް "އޭރިއާ އޭ" ގެ 70 އިންސައްތަ ހިއްކާ ނިމިފައިވާ ކަމަށެވެ.

 އަދި އޭގެ އިތުރުން އާބަންކޯއިން ބުނީ އަންނަ ހުކުރު ދުވަހާ ހަމައަށް 3 ވަނަ ފިޔަވަހީގެ އޭރިއާ އޭ ހިއްކާ ނިމޭނެ ކަމަށް ލަފާކުރާކަމަށެވެ. 

ހުޅުމާލޭ ފޭސް 3ގެ ފުރަތަމަ ސްޓޭޖުގައި 10 ހެކްޓަރު ހިއްކަން ނިންމާފައިވެއެވެ.  

އާބަންކޯއިން ވަނީ ފޭސް 3ގެ ފުރަތަމަ ސްޓޭޖު ހިއްކާ ނިިމުމަކާއި ކައިރިވެފައިވާތީ ދެވަނަ ސްޓޭޖުގައި ހިއްކަން ކަނޑައަޅާފައިވާ ސަރަހައްދުގައި އަޅާފައިވާ އޮޑިދޯނިފަހަރު ނެގުމަށް އެދިފައެވެ. 

ހުޅުމާލޭ ފޭސް 3 ހިއްކަން ފަށާފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ބިންވެރިއާ ސްކީމްގެ ދަށުން ގޯތި ދޫކުރުމަށެވެ. އެ ސްކީމުގެ ދަށުން ހުޅުމާލޭ ފޭސް 3 އިން 700 ގޯތި ދޫކޮށްފައިވެއެވެ. 

57%
ކަމުގޮސްފި
29%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
14%
ވަރަށް ސަލާމް
ކޮމެންޓްސް