ads
ކުރީގެ ރައީސުން އަދި އިންތިހާބީ ރައީސް ޑރ. މުއިއްޒު
ޖުމްހޫރީ ސަރުކާރުގެ "ރައީސުލްޖުމްހޫރިއްޔާ" ޖަވާބުދާރުވުން
ޖުމްހޫރީ ވެރިކަމެއް ކުރަމުން އަންނަ މި ދިވެހިރާއްޖޭގައި ޖުމްހޫރީ ވެރިކަމަށް ނިސްބަތްވާ ޖުމްހޫރީ ސަރުކާރުގެ ރައީސް - ރައީސުލްޖުމްހޫރިއްޔާ ނުވަތަ ޖުމްހޫރީވެރިކަމުގެ "ވެރިޔާ" ޖަވާބުދާރުވުން އަޅުގަނޑަށް ސިފަވަނީ ޒަމާނާ އެއްގޮތަށް ބަދަލުނުވެވި – ތަހުޒީބު ނުވެވި އޮތް ތަނެވެ.
Advertisement

ގާނޫނީގޮތުން ގައުމެއްގެ ވެރިކަން ހިންގުމުގެ ބާރު ލިބިފައިވާ ފަރާތް ޖަވާބުދާރުނުކުރެވި، ވެރިކަމެއްގެ ދަށުގައި އުޅޭ ބައެއް – ގައުމަކަށް ޖެހޭނެ ހުރިހާ އާފާތެއް މިއަދު ދިވެހިން މިދަނީ ތަޖުރިބާ ކުރަމުން ނެވެ. ނަތީޖާ އަކީ ރައްޔިތުން އިންތިހާބު ކޮށްގެން ރައްޔިތުންނަށް ޓަކައި ރައްޔިތުން އެދޭގޮތަށް ހިންގާ ސަރުކާރެއް ނުފެނި "ވެރިޔާ" އަށް ވަގަށް ޗޯރަށް ގޮވުން އިތުރުވެ ތެދުވެރިކަމުގެ އިދިކޮޅު ސިޔާސީ ރޭހުން ކުރި ހޯދުމެވެ.

ރަދީފު ފޮތުގައި ޖަވާބުދާރުވުން މާނަކޮށްފައި ވަނީ "މީހެއްގެ ނުވަތަ ފަރާތެއްގެ މަސްއޫލިއްޔަތަކާ ބެހޭ ގޮތުން ހާމަކަމާއެކު ޖަވާބުދީ އެކަމުގެ ޒިންމާ ނެގުން" ގެ ގޮތުގައެވެ. ނަމަވެސް ގާނޫނީ ގޮތުން ރާއްޖޭގެ ވެރިކަން ހިންގުމުގެ ބާރު ލިބޭ އަށްވަނަ ރައީސުލްޖުމްހޫރިއްޔާ މާތް ރަސްކަލާންގެ ރަސްކަންފުޅު ގަންދީ ހުވާކޮށް މަގާމުގެ މަސްއޫލިއްޔަތާ ހަވާލުވާން ތައްޔާރުވާއިރު، އަންނަ ޖުމްހޫރީ ސަރުކާރުގެ "ރައީސުލްޖުމްހޫރިއްޔާ" ޖަވާބުދާރުވުން ވެސް އޮތީ ދިވެހިބަހުގެ ރަދީފުގައެވެ.

މިނިވަން ހިޔާލަށް ވަކިން ހާއްސަކޮށް ނޫސްވެރިކަމުގެ މިނިވަންކަމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަން ތަންމިނަށް ހުޅުވާލެވިފައި އޮންނަންވާނެ ކަމަށް ލިޔުނު ފެހި ގާނޫނުއަސާސީގައި ކަނޑައަޅާފައިވާ ގޮތަށް ދައުލަތުގެ މުއައްސަސާތައް މަސައްކަތް ނުކުރި އެއް ސަބަބަކީ އެ މުއައްސަސާތައް ޖަވާބުދާރީ ކުރުވޭނެ ނިޒާމެއް ނެތުމެވެ. އެހެންކަމުން، ޖަވާބުދާރީވެނިވި ދައުލަތެއް ބިނާކުރަން، ގާނޫނުއަސާސީ އާއި ގާނޫނުތަކުގެ ދަށުން އުފައްދާފައިވާ މިނިވަން މުއައްސަސާތަކާއި އިދާރާތައް ޖަވާބުދާރީކުރުވޭނެ ނިޒާމެއް ގާއިމް ނުވެ "ރައީސުލްޖުމްހޫރިއްޔާ" އަށް ދައުލަތުގެ ދުސްތޫރާ އެއްގޮތްވާގޮތުގެމަތީން ވެރިކަމުގެ ބާރުތަކާއި، ގައުމުގެ އެންމެހައި ރައްޔިތުންނާއި، ގައުމުގެ ސިޔާސީ ސަރަހައްދު ހަމަ ހިލޭ ދިން އެއްޗެއްސަށް ވެއްޖެ ނަމަ ދެންވެސް އިވޭނީ "އިންޑިއާ އައުޓް" އަށް އިލްތިމާސް ކުރާ އަޑެވެ.

މިއަދު ރައްޔިތުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ރައްޔިތުން އިންތިހާބު ކޮށްގެން ރައްޔިތުންނަށް ޓަކައި ރައްޔިތުން އެދޭގޮތަށް ވެރިކަން ހިންގުމުގެ ބާރު ލިބިފައިވާ "ރައީސުލްޖުމްހޫރިއްޔާ" ޖަވާބުދާރުވުން ކަށަވަރު ނުވުމެވެ. އިންތިހާބީ މަގާމުތަކާއި މެދު އިތުބާރު ގެއްލިފައި ވުމެވެ. ވޯޓު ލައިގެން ހޮވާ މީހާ ވޯޓުން ދުރުނުކުރެ ވުމެވެ.

your imageރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން. -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ވޯޓުން ހޮވާ "ވެރިޔާ" ވޯޓުން ބަލިކޮށް، އަދުލާ ހިލާފަށް ކަންތައް ކުރާ މީހާގެ ރި ކޯލް ނެގޭ ތަން ފެނުމަކީ ޖަވާބުދާރުވުމުގެ އެންމެ އަސާސީ އުންސުރެވެ. ރައްޔިތުން ނިންމާ ނިންމުންތަކަކީ ޑިލޭ ނުވެ، ރައްޔިތުން ފުރިހަމަ އަށް ބަލައިގަންނަ ނިންމުންތަކަކަށް ވާން ޖެހެ އެވެ. "އިންތިހާބީން" އިސްލާހު ކުރަން، ޖަވާބުދާރު ވުމުގެ އޮނިގަނޑު އިސްލާހުކޮށް، ރައްޔިތުންނަށް ފަސޭހަކަމާ އެކު ޖަވާބަށް ވާސިލްވެވޭނެ އިންތިޒާމް ހަމަޖައްސަން ޖެހެއެވެ. 

ޖުމްހޫރީ ސަރުކާރުގެ ރައީސުލްޖުމްހޫރިއްޔާ ޖަވާބުދާރު ނުވުމުން، ޣައިރު ޒިންމާދާރު ގޮތަކަށް އަމަލުކުރަން ދޫކޮށް ނުލައްވާ "ގޮނޑި ގެއްލުވާލުން" މޮޅުއިތުރެވެ. ބައިމަދު ޖަމާއަތްތަކުގެ ހައްގުތައް ރައްކައުތެރި ކޮށްދިނުމަކީ ވެސް ޑިމޮކްރަސީގެ އެންމެ އަސާސީ ނުވަތަ ޟަރޫރީ ބައެކެވެ.

your imageމާޅޮސް - ފޮޓޯ: މާޅޮސް ކައުންސިލް

ރާއްޖޭގެ ކުރިމަގު ބިނާވެފައި އޮންނަން ޖެހޭނީ ޖުމްހޫރީ ވެރިކަމުގެ ވެރިޔާގެ މުށުތެރޭ ފަސް އަހަރު އޮޅާލާފައި ދައުލަތް ނުބޭއްވޭނެ ގޮތެއްގެ މައްޗަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ މަގްސަދު ގޯސްވީމަ އެއިން ނިކުންނަ ނަތީޖާ ވެސް ގޯސްވާނެ ކަމަށް ބަލާ، ސިޔާސީ ފިކުރުގެ ތަފާތު މަޒުހަބުތަކަށް ވެސް ދައުލަތް ހިންގުމަށް އެއްބަސްވެވޭ އާ އޮނިގަނޑެއް މައްޗަށެވެ. 

އަދި އެއް ވާހަކަ އެވެ. 

ޑިމޮކްރަސީގައި ނަން ހިނގާ ގައުމަކަށް ރާއްޖެ ފައްކާވުމަށް ރި ކޯލް ވޯޓް ރާއްޖޭގައި މި އޮތް ވެރިކަމުގެ ނިޒާމާ އެހާ ރަހުމަތްތެރި އެއްޗަކަށް ނުވިޔަސް، ރި ކޯލް ގާނޫނެއް ރާއްޖެ އަށް މުހިންމު ކަމަށް ގަބޫލުކުރާ މީހުން މިހާރު މަދެއް ނޫނެވެ. މިދިޔަ 15 އަހަރުގެ ތަޖުރިބާއަކީ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އިންތިހާބުވާ ދުވަހު އިންތިހާބީ ދެވަނަ ދައުރެއްގެ ބޭނުމުގައި ސިޔާސަތުތަކަށް ހާއްސަ އިސްކަމެއް ދެވޭ ސިޔާސީ ހަރަކާތްތައް އުފަންވެ، ޖުމްހޫރީ ސަރުކާރުގެ "ރައީސުލްޖުމްހޫރިއްޔާ" ޖަވާބުދާރުވުން ބަރިއްޔަވުމެވެ.

67%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް