ads
ވިކްޓްރީގެ ޕްރެކްޓިހުގެ ތެރެއިން - ފޮޓޯ ސިޑިބަރި
ވިކްޓްރީން ދެވަނަ ޑިވިޝަނަށް ޕްރެކްޓިސް ފަށައިފި
އަންނަ މަހު ފަށާ ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތަށް، ވިކްޓްރީ ސްޕޯޓްސް ކްލަބުން ޕްރެކްޓިސް ފަށައިފިއެވެ.

ވިކްޓްރީން، އަންނަ މަހު ފަށާ ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތަށް މިއަދު ޕްރެކްޓިސް ފެށީ އެ ޓީމުގެ އަދި ގައުމީ ޓީމުގެ ކުރީގެ ތަޖުރިބާކާރު ކުޅުންތެރިޔާ އަދި އަރަމުން އަންނަ ޒުވާން ކޯޗު ސޮބާހް މުހައްމަދުގެ އިރުޝާދުގެ ދަށުންނެވެ.

އެފްއޭއެމުން ނިންމާފައިވަނީ ދެވަނަ ޑިވިޝަން ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހު ފަށަންށެވެ. ރާއްޖޭގެ ލީގު ފޯމެޓް މިދިޔަ ސީޒަނުގައިވެސް އޮތް ގޮތުން، ދެވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދި ބުރު ސްޕޯޓްސް ކްލަބު ވަނީ ފުރަތަމަ ޑިވިޝަނަށް ދަތުރުކޮށްފައެވެ. ބުރު ޗެމްޕިއަންކަން ހޯދީ ފައިނަލްގައި ޓީނޭޖުގެ މައްޗަށް ހަތަރު ލަނޑު ސުން ލަނޑުން މޮޅުވެގެންނެވެ. 

ވިކްޓްރީން މިއަދު ޕްރެކްޓިސް ފެށީ އެ ޓީމަށް މި އަހަރުގެ ދެވަނަ ޑިވިޝަނުގައި ކުޅޭ މުހިއްމު ކުޅުންތެރިންނާއެކުއެވެ. އޭގެ ތެރޭގައި ގައުމީ ޓީމާ ނިއުގެ ކުރީގެ ޑިފެންޑަރު އަހްމަދު އަބްދުޑ ލިލީގެ އިތުރުން ގައުމީ ޓީމުގެ ކެޕްޓަން، އަކުރަމް އަބްދުލް ގަނީ (އަކޫ) އާއި ވިކްޓަރީން ކެރިއަރު ފެށި މުހައްމަދު އުމެއިރު އާއި ހުސެއިން ނިޔާޒް މުހައްމަދު (ބޮކުރީ)ގެ އިތުރުން ގިނަ އަހަރުތަކެއް ފުރަތަމަ ޑިވިޝަނުގައި ހޭދަކުރި މޫސާ ޔާމީން (ޔާމްބެ) ވެސް ހިމެނެއެވެ.

75%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް