ads
އިމިގްރޭޝަންގެ މުވައްޒަފެއް ޕާސްޕޯޓެއް ބަލަނީ
ޕާސްޕޯޓު ގެއްލުމުން ކުރާ ޖޫރިމަނާ ކުޑަކޮށްފި، އިހުމާލެއް ނެތްނަމަ ޖޫރިމަނާ ނުކުރާނެ
ޕާސްޕޯޓު ގެއްލުމުން އަލުން ޕާސްޕޯޓު ހައްދަން މީގެ ކުރިން ނަގަމުން އައި ބޮޑު ޖޫރިމަނާ 2000 ރުފިޔާއަށް ކުޑަކޮށް، ޕާސްޕޯޓް ގެއްލުނީ އިހުމާލުން ނޫންނަމަ، ޖޫރިމަނާއަކާ ނުލައި ޕާސްޕޯޓު އާކުރެވޭ ގޮތަށް ދިވެހި ޕާސްޕޯޓާ ބެހޭ ގަވައިދު އިސްލާހުކޮށްފި އެވެ.
Advertisement

ގަވާއިދަށް ގެނައި ގިނަ އިސްލާހުތަކާއެކު، މިއަދު އާންމު ކޮށްފައިވާ ގަވާއިދުގައި ވާގޮތުން، ޕާސްޕޯޓު ގެއްލިގެން އަލުން ޕާސްޕޯޓު ހަދައިދެވޭނީ، ޕާސްޕޯޓު ގެއްލެން މެދުވެރިވި ހާލަތަށް ރިއާޔަތްކޮށް، ޕާސްޕޯޓު ގެއްލުމުގައި އެ މީހެއްގެ އިހުމާލު އޮތްކަން ނުވަތަ ނެތްކަން އަންގައިދޭ ޕޮލިސް ރިޕޯޓަކާ އެކު ހުށަހެޅުމުން ނެވެ.

ޕާސްޕޯޓު ގެއްލުނީ އިހުމާލުންނަމަ، އާ ޕާސްޕޯޓެއް ހައްދާދެވޭނީ،  2،000 ރުފިޔާއަށް ވުރެ ބޮޑު ނޫން އަދަދަކު ޖޫރިމަނާކުރުމަށްފަހު، އެ ފައިސާ އިމިގްރޭޝަނަށް ދެއްކުމުން ކަމަށް އިސްލާހުގައި ވެއެވެ. 

މި އިސްލާހާއެކު، ހަމަ އެ މާއްދާގެ ފަހަތަށް  ދެ އަކުރެއްވެސް ވަނީ އިތުރުކޮށްފަ އެވެ. އެއީ:

  • ޕާސްޕޯޓު ގެއްލިގެން ކުރާ ޖޫރިމަނާ ނުދެއްކޭ ހާލަތެއްގައި ހުންނަ މީހަކަށް މައްސަލައިގެ ކުޑަ ބޮޑު މިނަށް ބަލައި ދަތުރުކުރުމުގެ ވަގުތީ ލިޔެކިއުމެއް ދޫކުރުމުގެ އިހުތިޔާރު ކޮންޓްރޯލާ ޖެނަރަލަށް ލިބި ދިނުން 
  • ގެއްލުނު ޕާސްޕޯޓަކީ މުއްދަތު ހަމަވެފައިވާ ޕާސްޕޯޓެއް ނަމަ ޖޫރިމަނާ އަކާ ނުލައި ޕާސްޕޯޓު އާކޮށްދިނުން

ޕާސްޕޯޓު ގެއްލިއްޖެ ނަމަ މީގެ ކުރިން 5،000 އާއި 20،000 ރުފިޔާ އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެ އެވެ. އެއީ ފުރަތަމަ ފަހަރު، 5000 ރުފިޔާ އިން، ދެވަނަ ފަހަރު، 10،000 ރުފިޔާ އިން އަދި ތިންވަނަ ފަހަރަށް 20،000 ރުފިޔާ އިން ނެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް