ads
ފުރަތަމަ ކުއާޓަރުގައި އެމްއޭސީއެލްއަށް ފައިދާގެ ގޮތުގައި 453 މިލިއަން ރުފިޔާ ވަނީ ލިބިފައި - ފޮޓޯ:އެމްއޭސީއެލް
ފުރަތަމަ ކުއާޓަރުގައި އެމްއޭސީއެލްއަށް ފައިދާގެ ގޮތުގައި 453 މިލިއަން ރުފިޔާ
މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އަށް 453.1 މިލިއަން ރުފިޔާ ލިބިއްޖެއެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އާންމުކޮށްފައިވާ މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ ކުއާޓަލީ ރިވިއު ދައްކާގޮތުން މި އަދަދަކީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެމްއޭސީއެލަށް ލިބުނު އާމްދަނީއަށް ވުރެ 29 އިންސައްތަ އިތުރުވުމެކެވެ.

އެމްއޭސީއެލްގެ އާމްދަނީ އިތުރުވާން މެދުވެރިވި ސަބަބުތަކުގެ ތެރޭގައި ތެލުގެ އަގު އުފުލުމާއި ތެޔޮ ވިއްކި މިންވަރު އިތުރުވުމާ އަދި ފްލައިޓް މޫވްމަންޓް އިތުރުވުން ހިމެނެއެވެ. އޭގެ އިތުރުން ޑިއުޓީ ފްރީގެ ވިޔަފާރި އިތުރުވުމާއި ފަސިންޖަރުންގެ އަދަދު އިތުރުވުން ހިމެނެނީވެސް އެ ކުންފުނީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ އާމްދަނީ އިތުރުވާން މެދުވެރިވި ކަންކަމަށެވެ.

ހިންގުމުގެ ފައިދާގެ ގޮތުގައި މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެމްއޭސީއެލަށް 545.4 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ އޭގެ ކުރީ ކުއާޓަރުގައި އެ ކުންފުންޏަށް ލިބިފައިވާ މިންވަރަށްވުރެ 307.5 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ.

ހިންގުމުގެ ފައިދާ އާއެކު، މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެމްއޭސީއެލްގެ ސާފު ފައިދާވެސް ވަނީ އިތުރުވެފައެވެ. އެ ކުންފުންޏަށް މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި 453.1 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރަށްވުރެ 309.4 މިލިއަން ރުފިޔާގެ އިތުރު މިންވަރެކެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް