ads
އަދުރޭ މީޑިއާތަކާއި ވާހަކަދައްކަވަނީ
އެމްއެންޕީ އިން ކޯލިޝަން ހަދަމުން ބުނީ އެއްވެސް އެއްޗެއް ބޭނުންނުވާކަމަށް: އަދުރޭ
އެމްއެންޕީ އިން ކޯލިޝަން ހެދީ އެއްވެސް ޝަރުތަކާ ނުލާކަމަށާކަމަށް ޕީއެންސީގެ ޗެއާޕަސަން އަބްދުރަހީމް އަބްދުﷲ (އަދުރޭ) މިއަދު ވިދާޅުވެއްޖެއެވެ.

އަދުރޭ މިހެން ވިދާޅުވީ މިއަދު އިންތިގާލީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ ވާހަކަ ދައްކަވަމުންނެވެ.

އަދުރޭ ވިދާޅުވީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގަ އެއްވެސް ޝަރުތަކާނުލާ ޕީއެންސީ އިން ކޯލިޝަން ހެދިކަމަށާއި، އެޕާޓީއާއެކު ހަދާފައިވާ އެގްރީމަންޓުތަކުން ވެސް މަޝްވަރާ ކުރެވޭނެކަމަށެވެ. 

"ޕީޕީއެމް ޕީއެންސީ ވެރިކަމަށް އަޢީ ރައްޔިތުންނަށް ވަރަށް ގިނަ ވައުދުތައް ވެގެން. އެ ވައުދުތައް ފުއްދުމަށް ކުރިއަށްދާއިރު އަޅުގަނޑުމެންނަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓޯ ހޯދުން އަޅުގަނޑުމެންނަށް ވަރަށް މުހިންމު،" -އަދުރޭ-

އަދުރޭ މިހެން ވިދާޅުވިއިރު އެމްއެންޕީ އިން ބުނެފައިވަނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް އެ ޕާޓީން ނުކުންނާނީ ޕީއެންސީއާ/ޕީޕީއެމްއާ ކޯލިޝަން ހަދައިގެން ކަމަށެވެ.

"އަޅުގަނޑުމެންނާ އެމްއެންޕީއާ އެސްބަސްވި ރޭ ވެސް އެބޭފުޅުން ވިދާޅުވި ތިމަންނަމެން މިއައީ އެއްވެސް ޝަރުތެއް ނެތިއޭ. އެއްވެސް އެއްޗެއް ބޭނުންވެގެނެއް ނޫނޭ މިއައީ،" -އަދުރޭ-

ދުރޭ ވިދާޅުވީ ބައެއްކަންކަން ކުރުން ހުއްޓާލަން ސަރުކާރަށް އެންގެވުމާ ގުޅިގެން އެކަން އެގޮތައް ނުކުރެވޭނެކަމަށް ބަންޑާރަނައިބު ވިދާޅުވި ނަމަވެސް، ގާނޫނު ތަންދިނަސް ގާނޫނު އެކަލަވާލާފައިވާ ވިސްނުމަށް ވެސް ރިއާއަތްކުރަންޖެހޭނެކަމަށެވެ. 

"ފުރަތަމަ ކަމަކަށް ދަންނަވާލަން އަޅުގަނޑު ބޭނުންވަނީ ގާނޫނެއް ހަދާއިރު އެކަމުގަ އޮވޭ ވިސްނުންތަކެއް ގެންގުޅެން. ރޫހާ ހިލާފޭ އެބަކިއަންތާ އަޅުގަނޑުމެން ބައެއް ކަންތައްތަކުގަ. ގަބޫލުކުރަންޖެހޭ ހަގީގަތަކީ ވޭތުވެމިދާ ފަސް އަހަރު ރައްޔިތުން ބޭނުންވާގޮތަށް ޒިންމާ އަދާނުކުރެވުނީމާ އާ ބަޔަކާ ޒިންމާ ރައްޔިތުން މަތިކޮށްފަ މިއޮތީ. އަލަށް ޒިންމާ މަތިކުރި ފަރާތުން އައިސް ވެރިކަން ކުރަން ބަލާއިރު މިއަދުގެ ސަރުކާރުން ދެން އިތުރަށް މަގާމުތަކަށް ބޭފުޅުން އައްޔަނުކުރުން އެއީ އެންމެ ރަނގަޅުގޮތަކަށް ނުވާނެ. އޫސޫލުތަކާވެސް ހިލާފު ބުއްދީގެ ހަމަތަކާވެސް ހިލާފުކަމެއް އެއީ،"

އަދުރޭ ވިދާޅުވީ ޑރ. މުއިއްޒު ރައްޔިތުން ހޮވީ ނިމިގެން މިދާ ސަރުކާރުގެ ވައިދުތަކާ ކަންކަން ކުރާގޮތް ރައްޔިތުންނަށް ކަމުނުދާތީކަމަށެވެ. އެހެންކަމުން އައު ޕްރޮޖެކްޓުތައް ފެށުން ބުދީގެ ހަމައިން ވިސްނިއަސް ގަބޫލުނުކުރެވޭކަމަށެވެ.

"ނިމިގެން މިދާ ސަރުކާރުގެ ވައުދުތައް ދައްމަމުން ދިޔާމަ ނުނީ އެބޭފުޅުންގެ ވައުދުތައް ނުފުއްދުނީމަ ރައްޔިތުން އެދޭކަމަކަށް ޖާގަ ނުދެއްވާ ވެރިކަމަށް މި ޖާގަ ދެއްވީ. ޑރ. މުއިއްޒު އަށް ޖާގަ ދެއްވީ. ޕީޕީއެމްއާ ޕީއެންސީއަށް ޖާގަދެއްވީ އެ ބޭފުޅުންގެ ވައުދުތައް ރަނގަޅުވީމަ. އަޅުގަނޑުމެން ގަބޫލުކުރާގޮތުގަ ނިމެމުން މިދާ ސަރުކާރުން އިތުރު މަޝްރޫތައް ފައްޓަވައިގެން ނުވާނެ. އެ ބޭފުޅުންނަށް އެ މެންޑޭޓެއް ރައްޔިތުންނެއް ނުދެއްވާ."

 

ކުރިއަށް ދާ އެއްވެސް ޕްރޮޖެކްޓެއް ހުއްޓާލަން ނާންގަވާކަމަށާއި، ޕްރޮޖެކްޓުތައް ހުއްޓާލަން އެންގިކަމަށް ދެކެވެނީ ދޮގުވާހަކައެއް ކަމަށް ވެސް އަދުރޭ ވިދާޅުވިއެވެ. 

 

71%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
29%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް