ads
އަދާލަތު ޕާޓީގެ މަޝްވަރާމަޖިލީހުގެ ތެރެއިން: ފައިލް ފޮޓޯ އަދާލަތުު
އަދާލަތު ޕާޓީން މަޖިލީހުގެ 5 ގޮނޑިއަކަށް ވާދަކުރަނީ
އަދާލަތު ޕާޓީން 20 ވަނަ ރައްތިތުންގެ މަޖިލީހުގެ ފަސް ގޮނޑިއަކަށް ވާދަކުރަން މަޝްވަރާކޮށްފިއެވެ.

އަދާލަތު ޕާޓީން މިއަދު ބުނީ އެ ޕާޓީގެ އިދާރީ މަޖިލީހުގެ ބައްދަލުވުމުގައި، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި 5 ދާއިރާއަކަށް ވާދަކުރުމާމެދު މަޝްވަރާ ކޮށްފައިވާ ކަމަށެވެ.

ދެން އަންނަ ރައްޔިތުންގެ މަޖިލީހެއްގައި 93 މެންބަރު ތިއްބަވާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ. 

އެއީ ރާއްޖޭގެ އާބާދީ އިތުރުވުމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހަށް އިތުރު ހަ ދާއިރާ އިތުރުކުރުމާއި ގުޅިގެންނެވެ. 

މިގޮތަށް އިތުރުކުރާ ދާއިރާތަކަކީ،  މާލޭ ސިޓީ އަށް 2 ގޮނޑި، އައްޑޫ ސިޓީ އަށް 1 ގޮނޑި މާޅޮސްމަޑުލު ދެކުނުބުރި (ބ. އަތޮޅު) އަށް 1 ގޮނޑި،  މާލެއަތޮޅަށް 1 ގޮނޑި އަދި ހުވަދުއަތޮޅު އުތުރުބުރި (ގއ. އަތޮޅު) އަށް 1 ގޮނޑި ކަމަށް އިލެކްޝަނުން ބުނެއެވެ. 

އީސީން މަޖިލީހުގެ ގޮނޑީގެ އަދަދު ކަނޑައަޅަނީ ދާއިރާތަކުން ވޯޓުލާން ރެޖިސްޓާވާ ނިސްބަތަށް ބަލައިގެންނެވެ. މި ދާއިރާތަކުގެ ތަފްސީލު އީސީން އަދި ހާމައެއް ނުކުރެވެވެ. 

މި ހިނގާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ތިއްވަނީ 87 މެންބަރުންނެވެ. 18 ވަނަ މަޖިލީހުގައި ތިއްބެވީ 85 މެންބަރުންނެވެ.  

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބެއް ދެން އޮންނާނީ 2024 ވަނަ އަހަރުއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް