މާލޭގައި ރާއްޖެއާ ދެކޮޅަށް ބަންގްލަދޭޝް ކުޅުނު މެޗު ނިމުނީ އެއް ލަނޑު އެއް ލަނޑުން ދެ ޓީމު އެއްވަރު ވެގެންނެވެ. މިއީ ރާއްޖެ އާއި ބަންގްލަދޭޝްގެ ކުރިމަތިލުންތަކުގެ ތެރެއިން ރާއްޖޭގެ ދަނޑުގައި ބަންގްލަދޭޝްގެ މައްޗަށް މޮޅެއް ނުހޯދި ރާއްޖޭން މެޗު ނިންމާލި ދެވަނަ ފަހަރެވެ. ގޯލްޑަން ޖުބްލީ މުބާރާތުގައި ރާއްޖެ އާއި ބަންގްލަދޭޝް 2000 ވަނަ އަހަރު ކުޅުނު މެޗު ނިމުނީ އެއްވަރުވެގެންނެވެ.
ރާއްޖެ އަށް މިއަދުގެ މެޗުގައި ފުރަތަމަ ލަނޑޫ ޖަހައިދިނީ މެޗު ނިމެން ފަސް ވަރަކަށް މިނިޓަށް ވެފައިވަނިކޮށް ބަދަލު ކުޅުންތެރިޔާ، ހަސަން ނަޒީމް (ޗޯޓް) އެވެ. އެކަމަކު މެޗުގެ އިތުރު ވަގުތުގައި
ސާދުއްދީން ބަންގްލަދޭޝްއަށް ލަނޑެއް ޖަހައިދީ މެޗުގެ ނަތީޖާ ހަމަހަމަ ކުރިއެވެ. މި ދެ ޓީމުގެ ދެވަނަ މެޗު އޮންނާނީ އަންނަ ހަފްތާގައި ބަންގްލަދޭޝްގައެވެ.