ads
ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު
ގައުމީ އިންޓެލިޖެންސް އެޖެންސީއެއް ގާއިމުކުރުމަށް ހަސަން ލަތީފް ގޮވާލައްފައިފި
ޤައުމީ އިންޓެލިޖެންސް އެޖެންސީއެއް ގާއިމުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ގޮވާލައްވައިފި އެވެ.
ޤައުމީ އިންޓެލިޖެންސް އެޖެންސީއެއް ގާއިމުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ގޮވާލައްވައިފި އެވެ.

ހަސަން ލަތީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، މަނީލޯންޑްރިންގެ މައްސަލަތަކާއި، މީހުން ޓްރެފިކް ކުރުމުގެ މައްސަލަތަކުގެ އިތުރުން ޓެރަރިޒަމްގެ ބޮޑެތި މައްސަލަތަކާއި ދެކޮޅަށް މަސައްކަތްކުރުމަށް ޤައުމީ އިންޓެލިޖެންސް އެޖެންސީ އެއް ހަދަންޖެހޭ ކަމަށެވެ.

އަދި ޤައުމީ އިންޓެލިޖެންސް އެޖެންސީއެއް އެކުލަވާލުމަކީ އެންމެ އިސްކަމެއްގެ ގޮތުގައި ދެކިގެން މަސައްކަތްކުރަންޖެހޭ ކަން ހަސަން ލަތިފް ފާހަގަކުރައްވާފައިވެ އެވެ.



ހަސަން ލަތީފް މިފަދައިން ޓްވީޓެއް ކުރައްވާފައިވާއިރު، ނުހަނު ފަހުން އެމްއެންޑީއެފުން ވަނީ، އެމްއެންޑީއެފް ޔެލޯ އެލާޓް ލެވެލް 2 އަށް ގެންގޮސްފައެވެ. ސިފައިން މުޅި ރާއްޖެއަށް ޔެލޯ އެލާޓު ނެރެފައިވާއިރު، އެ އެލާޓާއެެކު ވަނީ މުޅި ރާއްޖޭގައި ހާއްސަ އޮޕަރޭޝަނެއް ފަށައިފައެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް