ads
ކީލިއަން އެމްބާޕޭ
ދެމެޗު ބާކީ އޮއްވާ ފްރާންސް ޔޫރޯއަށް ކޮލިފައިވެއްޖެ
މިއަންނަ އަހަރު އޮންނަ ޔޫރޯ 2024 އަށް ފްރާންސް ކޮލިފައިވެއްޖެއެވެ.

ފްރާންސުން ޔޫރޯގެ ޖާގަ ހޯދީ ކޮލިފައިންގައި ބާކީ ދެމެޗު ނުކުޅެ އޮއްވައެވެ. ފްރާންސަށް ޔޫރޯގެ ޖާގަ ޔަގީންވީ ނެދަލެންޑްސް އާއި ކުޅުނު މެޗު 2-1 އިން ކާމިޔާބު ކުރުމުންނެވެ. 

މި މެޗުގެ ހަތްވަނަ މިނެޓުގައި ފްރާންސަށް ލީޑު ނަގައިދިނީ ޓީމުގެ ތަރި ކީލިއަން އެމްބާޕޭއެވެ. އަދި ދެވަނަ ހާފު ފެށިގެން މާ ގިނައިރެއް ނުވަނީސް އެމްބާޕޭ ވަނީ ދެވަނަ ލަނޑެއް ޖަހާ ލީޑު ފުޅާކޮށްފައެވެ. މެޗު ނިމެން ހަތް މިނެޓަށްވެފައި ވަނިކޮށް ނެދަލެންޑްސްއިން ލަނޑެއް ޖެހިއެވެ. ނަމަވެސް މެޗުގެ ނަތީޖާ އަނބުރާލެވޭ ގޮތް ނުވިއެވެ. 

ފްރާންސުން ވަނީ މިހާތަނަށް ކޮލިފައިންގައި ކުޅުނު ހުރިހާ މެޗެއް ކާމިޔާބު ކޮށްފައެވެ. މިއާއެކު އެޓީމު އޮތީ ގްރޫޕް ބީގެ އެއްވަނާގައެވެ. 

ފްރާންސްގެ އިތުރުން ޕޯޗުގަލް، ބެލްޖިއަމް އަދި ޖަރުމަނުވެސް ވަނީ ޔޫރޯއަށް ކޮލިފައިވެފައެވެ. މިއަންނަ އަހަރުގެ މުބާރާތް އޮންނާނީ ޖަރުމަނުގައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް