ads
އިޓަލީ ކުޅުންތެރިން އުފާ ފާޅުކުރަނީ
މަލްޓާ ބަލިކޮށް އިޓަލީ ދެވަނައަށް ޖެހިލައިފި
މިހާރު ކުރިއަށްދާ ޔޫރޯ 2024 ކޮލިފިކޭޝަންގައި މަލްޓާ ބަލިކޮށް އިޓަލީއިން ގްރޫޕްގެ ދެވަނައަށް ޖެހިލައިފިއެވެ.

ގްރޫޕްގެ ފުލުގައި އޮތް މަލްޓާގެ މައްޗަށް އިޓަލީއިން ކުރިހޯދީ 4-0 ގެ ނަތީޖާއަކުންނެވެ. ފުރަތަމަ ހާފުގައި ދެލަނޑު ޖެހިއިރު، ދެވަނަ ހާފުގައިވެސް އިޓަލީއިން ވަނީ ދެލަނޑު ޖަހާފައެވެ. މި މެޗުގައި އިޓަލީގެ ޑޮމެނީކޯ ބެރާޑީ ދެލަނޑު ޖެހިއެވެ. އޭނާގެ އިތުރުން ލަނޑުތައް ޖެހީ މޮއިސް ކީން އާއި ގިއަކޯމޯ ބޮނަވެންޗުރާއެވެ. 

މި ގްރޫޕްގައި ރޭ ޔުކްރެއިން އާއި ނޯތު މެސެޑޯނިއާވެސް ވާދަކުރިއެވެ. މި މެޗު 2-0 އިން ކާމިޔާބުކުރީ ޔުކްރެއިނުންނެވެ. 

މަލްޓާގެ މައްޗަށް ކުރިހޯދާ، އިޓަލީއިން ގްރޫޕް ސީގެ ދެވަނައަށް ޖެހިލީ 10 ޕޮއިންޓް ހޯދައިގެންނެވެ. ޔުކްރެއިނަށްވެސް ލިބެނީ 10 ޕޮއިންޓެވެ. އިޓަލީ ކުރީގައި އޮތީ ފައިދާ ގޯލުންނެވެ. އެއްވަނާގައި އޮތް އިނގިރޭސިވިލާތަށް ލިބެނީ 13 ޕޮއިންޓެވެ. ނޯތު މެސެޑޯނިއާ ހަތަރުވަނާގައި އޮތީ ހަތް ޕޮއިންޓު ހޯދައިގެންނެވެ. ފުލުގައި އޮތް މަލްޓާއަށް ޕޮއިންޓެއް ނުލިބެއެވެ. 

މިއަންނަ އަހަރުގެ ޔޫރޯއަށް ކޮލިފައިވާނީ ކޮލިފައިން ގްރޫޕްގެ މެޗުތައް ކުޅެ ނިމޭއިރު އެއްވަނަ އަދި ދެވަނަ ހޯދާ ޓީމުތަކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް