ހުސީނާ ދޯނީގެ ކެޔޮޅު މުހައްމަދު ޔުޒްލީން ބުނީ ޓަނެއްހާ މަހުގެ ފައިސާއަށް 25،000 ރުފިޔާ އަރާނެ ކަމަށެވެ.
ރާއްޖޭގެ އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ)އިން ޕަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް ފަންޑެއް ހުޅުވާލައިފައިވާއިރު އެ ފަންޑަށް މިހާތަނަށް ވަނީ ފަސް މިލިއަނަށްވުރެ ގިނަ ރުފިޔާ ދިވެހިން ވަނީ ހަދިޔާކޮށްފަ އެވެ.
މީގެ ހަފްތާއެއްހާ ދުވަސް ކުރިން ގައްޒާގެ ހަަމާސް ޖަމާއަތުން ދިން ކުއްލި ހަމަލާތަކެއްގަ އިޒްރޭލުގެ 1200 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. އެ ހަމަލާތަކުގެ ބަދަލުގަ އިޒްރޭލުން އަންނަނީ ގައްޒާއަށް ވައިގެ މަގުން ބޮން އަޅަމުންނެވެ. އެ ހަމަލާތަކުގަ 200 އަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު، އިޒްރޭލުން އަންނަނީ ގައްޒާއަށް ސިފައިން އަރުވަންވެސް ތައްޔާރުވަމުންނެވެ.