ads
ގާޒާ އިމަޖެންސީ ރިލީފްއިން ތެޔޮ ފޯރުކޮށްދެނީ: ދިރާގުން އައިއޭސީ މޯލްޑިވްސް އާ ގުޅިގެން ގާޒާ އިމަޖެންސީ ރިލީފްއަށް ވަނީ ޑޮނޭޓްކޮށްފައި - ފޮޓޯ:އައިއޭސީ
ދިރާގުން އައިއޭސީ މޯލްޑިވްސް އާ ގުޅިގެން ގާޒާ އިމަޖެންސީ ރިލީފްއަށް ޑޮނޭޓްކޮށްފި
ދިވެހިރާއްޖޭގެ ގުޅުން (ދިރާގު) އިން ގާޒާ އެމަޖެންސީ ރިލީފް ފަންޑަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުމަށް އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) މޯލްޑިވްސް އާއެކު މަސައްކަތް ފަށައިފިއެވެ.

އެގޮތުން އެ ކުންފުނިން ވަނީ ދިރާގު ޕޭ ޕްލެޓްފޯމުގައި ޑިޖިޓަލް ވޮލެޓެއް ހުޅުވާ ކުންފުނީގެ ފަރާތުން 100،000 ރުފިޔާގެ ފައިސާގެ އެހީތެރިކަން ފޯރުކޮށްދީފައެވެ. ދިރާގުން ބުނީ މި ވޮލެޓަކީ އާންމުނަށްވެސް ޑޮނޭޓްކުރުމަށް ހުޅުވާލާފައިވާ ވޮލެޓެއް ކަމަށެވެ. 

ކިއުއާރް ކޯޑް ސްކޭންކޮށްލައިގެން ނުވަތަ ދިރާގު ޕޭ އެޕްގެ މާޗަންޓް ކޯޑަކަށް 7266 ޖަހާލައިގެން މި ފަންޑަށް ފަސޭހަކަމާ އެކު ފައިސާ ހަދިޔާ ކުރެވޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ. ދިރާގު ޕޭ އެޕްއަށް ވަނުމަށް: https://dhiraagu.com.mv/dhiraagupay

your imageދިރާގުން އައިއޭސީ މޯލްޑިވްސް އާ ގުޅިގެން ގާޒާ އިމަޖެންސީ ރިލީފްއަށް ވަނީ ޑޮނޭޓްކޮށްފައި - ފޮޓޯ:ދިރާގު

ދިރާގުން ބުނެފައިވަނީ މި ވޮލެޓަށް ހަދިޔާ ކުރެވޭ ހުރިހާ ފައިސާއެއް ދާނީ ފަލަސްތީނުގައި އައިއޭސީން ކުރިއަށްގެންދާ އިންސާނީ މަސައްކަތަށް އެހީތެރިވުމަށް ކަމަށެވެ.

ދިރާގުން ތިބީ ފަލަސްތީނުގެ ރައްޔިތުންނާ އެކު އަދި މިފަދަ ހަރަކާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމަށް އެ ކުންފުނިން ބުނެއެވެ.  

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް